ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުނަގައި، ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބު ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު، ނަން ހުށަހެޅީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އާއި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން، މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ.
ނަންތައް ތަރުތީބުކުރުމުން ޕީއެންސީގެ ކެންޑިޑޭޓް ސައިދަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު 1 އެވެ.. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިވަޑައިގަތީ ކެންޑިޑޭޓު ނަންބަރު 2 އެވެ.
ޕީއެންސީގެ ޕްރައިމެރީގައި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ޓިކެޓް ލިބުނީ ކުރިންވެސް އެ ގޮނޑި ތަމްސީލުކުތެއްވި މެންބަރު މުހައްމަދު ސިނާން (ސިނާ) އަށެވެ. އެހެންނަމަވެސް އޭނާ ވަނީ އިންތިހާބުގައި ވާދަނުކަރަން ސިނާން ނިންމެވުމާއެކު، ޕީއެންސީ ވަނީ އަހުމަދު ސައީދަށް އެޕާޓީގެ ޓިކެޓް ދީފައެވެ. އެމްޑީޕީގެ ފަރާތުން ކުރިމަތިލީ އެއްމެ ކެންޑިޑޭޓަކަށް ވާތީވެ، އެޕާޓީގެ ފަރާތުން ވަނީ ޕްރައިމަރީއަކާ ނުލާ އަބްދުﷲ ސާދިގު އަށް އެޕާޓީގެ ޓިކެޓް ދީފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ކެންޑިޑޭޓް ނަމްބަރުތައް ތަރުތީބު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ