ފެށުނީއްސުރެ ރައްޔިތުންގެ މަޖިލިހުން ޢަމަލުކުރަމުންދިޔަ ގޮތް ދެމިއޮންނަންޖެހޭ ކަމަށާއި މަޖިލީހުގެ ކޯރަމް ގުނަން ޖެހޭނީ ހުސްވި ދާއިރާތަކުގެ ގޮނޑިތައް ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް އަންގައި، އަމުރެއް ނެރެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު ގުނާ ގޮތަށް ގަވާއިދަށް ގެނައި އިސްލާހުތައް ބާތިލް ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާނޫނުއަސާސީއަށް އަމަލުކުރާތާ އެތައް އަހަރެއް ފާއިތުވެފައިވާއިރު، މަޖިލީހުގައި ކޮންމެ ދުވަހަކު ބާއްވާ ޖަލްސާތަކުގެ ކޯރަމް ބިނާވަނީ ގާނޫނުއަސާސީގެ އެ މާއްދާތަކަށް ކަމަށެވެ.
މަޖިލީހުގެ ކޮންމެ ޖަލްސާއެއް ބާއްވައި ނިންމުންތައް ނިންމާނީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާ އާއި 87 ވަނަ މާއްދާގައި ބުނާ ގޮތުގެ މަތިންކަމާ މެދު ސުވާލު އުފައްދާފައިވާ ހާލަތެއްގައި ހުށަހެޅިފައި އޮތް މައްސަލައިގައި ގޮތެއް ކަނޑައެޅުމާ ހަމައަށް، ނުވަތަ ކޯޓުން އެ ނޫން ގޮތަކަށް އަންގަންދެން ފެށުނީންސުރެ މަޖިލީހުން އަމަލު ކުރަމުންދިޔަ ގޮތް ދެމިއޮންނަން ޖެހޭ ކަމުގައި ދެކޭ ކަމަށް މިއަދު އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވެ އެވެ.
ސުޕްރީމް ކޯޓުގެ އަމުރު: މަޖިލީހުގެ ކޯރަމް ގުނަންޖެހޭނީ ހުސްވި ދާއިރާތަކުގެ ގޮނޑިތައް ހިމަނައިގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ