މުވައްޒަފުން ނެގިއިރު ޕީސީބީ އޮތީ ހަނު، ވަކިކުރަނީ މުސާރަ ނުދެވޭނެތީ: މައުރޫފް

މި ސަރުކާރުން ފުލުފުލުގައި އެސްއޯއީތަކަށް މުވައްޒަފުން ނެގިއިރު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އޮތީ ހަނު ކަމަށާއި ތިން މަސް ތެރޭގައި އެސްއޯއީތަކުން 33 ޕަސަންޓު މުވައްޒަފުން ވަކިކުރަން އެންގީ މުވައްޒަފުންނަށް މުސާރަ ދެވޭނެ ގޮތެއް ނެތުމުން ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) މިރޭ ވިދާޅުވެއްޖެ އެވެ. 
އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި މައުރޫފް ވިދާޅުވީ މި ސަރުކާރުން ފުލުފުލުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެސްއޯއީތަކަށް ނަގަމުންދިޔައިރު ޕީސީބީން އެ ބޯޑުގެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބަށް ނަގާ މުވައްޒަފުން އިންތިހާބުން ބަލިވެއްޖެނަމަ ވަކިކުރާނެ ކަމަށް ކުރިން ވެސް ފާޙަގަކުރި ކަމަށާއި ކަން ވަމުންދަނީ ވެސް އެގޮތަށް ކަމަށެވެ. 
MU STORE
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
"ހުއްޖަތެއް ގޮތުގައި މިދައްކަނީ ޕީސީބީން އެހެން އެންގީއޭ. ޕީސީބީ ޒިންމާގެ ތެރޭގައި އެބަ އޮވޭ ކުންފުނިތަކުގެ ގުޑް ގަވަނަންސް ހަރުދަނާކުރުން. މޮނިޓާކުރުން. ރަނގަޅުކުރުން. ޕީސީބީއަކަށް ނޭނގުނު މިގޮތަށް ކުންފުނިތަކަށް މީހުން ނަގަމުންދިޔައިރު މިކަން ހުއްޓުވާކަށް އަންގާކަށެއް. އަޅުގަނޑުމެން ދިޔައީމު ބުނަމުން ތިޔަ ހަދަނީ ގޯހެކޭ،" މައުރޫފް ވިދާޅުވި އެވެ. 
"ކުންފުނިތަކަށް ތިހެން ވަޒީފާއަކަށް ނުނެގޭނެއޭ. އަދި ވަޒީފާތަކަށް ދާން ތިބި ފަރާތްތަކަށްވެސް ދަންނަވަމުން ދިޔައިން ތިޔަ ވަޒީފާގެ ޔަގީންކަމެއް ނޯންނާނެއޭ. އިންތިހާބުގެ ކުރިން ދޭ އެއްޗެކޭ. އިންތިހާބުން ކާމިޔާބު ނުވެއްޖެނަމަ ކަނޑާލާނެއޭ. ބުނެ ބުނެ ހުއްޓާ މި ހާލަތެއް މެދުވެރިވީ. އަނެއްކާ މި އެންމެން ކަނޑާލަނީ"
މައުރޫފް ވިދާޅުވީ އެސްއޯއީތަކުން މުވައްޒަފުން ވަކިކުރަން ނިންމި މައިގަނޑު ސަބަބަކީ ސަރުކާރުން ގިނަ ހަރަދުތަކެއްކޮށް މުވައްޒަފުންނަށް މުސާރަ ދޭން ފައިސާ ނެތުމުން ކަމަށެވެ. 
ޕެންޝަނުގައި ހުރި ފައިސާ ބޭނުންކޮށްގެން އަންނަ މަހު މުސާރަ ދޭން މަސައްކަތްކުރާކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ އެ ފައިސާ މާކެޓަށް ނެރުމުން މާކެޓުގައި ދައުރުވާ ފައިސާގެ އަދަދު އިތުރުވެ އަނެއްކާވެސް ޑޮލަރުގެ އަގު ދާނީ މައްޗަށް ކަމަށެވެ.  
"ކީއްވެތޯ ކުންފުނިތަކުން މީހުން މަދުކުރާނެ ވާހަކަ ޕީސީބީ ލައްވާ މި ބުނަނީ. މުވައްޒަފުން ވަކިކުރަން ޖެހޭނެކަން. އަޅުގަނޑަށް ގަބޫލުކުރެވެނީ  މި ބޭފުޅުން ލޯނު ދައްކައިފި. ސުކޫކެއް ދައްކައިފި. އެހެންނަމަވެސް މާދަމާވެސް މުސާރަ ދޭނެ އެއްވެސް ގޮތެއް ނެތް. މުސާރަ ދީ ނިންމާފައި ސަރުކާރުން ކުރާ ކަމަކީ އަނެއްކާވެސް އަނެއް މަހު މުސާރަ ދޭނެ ގޮތެއް ހޯދަމުން މިދަނީ،" މައުރޫފް ވިދާޅުވި އެވެ. 
"އަޅުގަނޑުމެންނަށް މިއަދު އެނގޭ ވާހަކައަކީ ޕެންޝަން ފަންޑުގައި ހުރި ލާރިކޮޅު ޕަކަޅާ ކޮށްލައިގެންނޭ މި އަންނަ މަހު މުސާރަ ދެވޭނީ، އެ ލާރިކޮޅު މިއަދު ވަގަށް ނަގައިފިއޭ. އެ ނަގައި އެ ފައިސާ އަނެއްކާވެސް މާކެޓަށް ނެރެނީ. ނެރުނީމާ އަނެއްކާވެސް ދިވެހި ރުފިޔާ މާކެޓުގައި އިތުރުވަނީ. ޑޮލަރު ފަހާ ދުވާ ފައިސާ އިތުރުވަނީ. ޑޮލަރުގެ އަގު އަނެއްކާވެސް ދާނީ މައްޗަށް. އެއީ ފައިސާ ޗާޕުނުކުރާނަމޭ ބުނެ ހަމަ ގަސްތުގައި އޮޅުވާލައިގެން ފައިސާ ޗާޕުކޮށް މާކެޓަށް ފައިސާ އިތުރުކުރުން،" 
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި އެސްއޯއީތަކުން 33 ޕަސަންޓު މުވައްޒަފުން ތިން މަސް ދުވަސް ތެރޭގައި ކަނޑަން ޕީސީބީން އެސްއޯއީތަކަށް ވަނީ އަންގާފަ އެވެ. އެއާއެކު އެސްއޯއީތަކުން އެ އެންގުން ތަންފީޒުކުރުމުގެ ގޮތުން މިހާތަނަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ކަނޑާލާފައިކަން ފާހަގަކުރެވެ އެވެ. 
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން ބުނީ އެސްއޯއީތަކުން ޖުމްލަ 14،733 މުވައްޒަފުން ކަނޑާލަން ޖެހޭނެ ކަމަށާއި އޭގެ ސަބަބުން 50،000 މީހުންނަށް އަސަރުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ