ލުބުނާނުން އިސްރާއީލުގެ ދިފާޢީ ނިޒާމަށް ނޭނގި ހަމަލާތަކެއް ދީފި

ލުބުނާނުން ފޮނުވާލި ހަމަލާތަކެއް ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އަރަބި އަލް އަރަމްޝަށް އަމާޒުވެ ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އިސްރާއީލުން ބުނެފިއެވެ.
އިސްރާއީލުގެ ޤައުމީ އެމްބިއުލާންސް ޚިދުމަތާ ހަވާލާދީ ޓައިމްސް އޮފް އިސްރާއީލުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އުތުރުގެ އަރަބި އަލް އަރަމްޝޭއަށް ދިން ވައިގެ ހަމަލާގައި 13 މީހަކަށް އަނިޔާވެފައިވާކަން ކަށަވަރުވެފައިވާއިރު ހަތަރު މީހުންގެ ހާލު ސީރިއަސްއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ހަމަލާ އައި އިރު އެ ހިސާބުގައި އިން އަޔަންޑޯމު މަސައްކަތެއް ނުކުރެއެވެ. އަދީ ޙަމަލާ އެރި ގަޑީގައި މިސައިލް ސައިރެންވެސް ނާޅާކަން ދައުރުވަމުންދާ ވީޑިއޯ ފޫޓޭޖުތަކުން ހާމަވެއެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި ސައިރަންގެ އަޑު އިވެން ފެށީ ހަމަލާތައް ލިބުނު ފަހުންނެވެ.
ލުބުނާނުން ޖެހިޖެހިގެން ދެ ހަމަލާއެއް ދީފައިވާއިރު ފުރަތަމަ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާ އަމާޒުވެފައިވަނީ ޢިމާރާތް ކައިރީގައި އޮތް ނިރުބަވެރިންގެ އަސްކަރީ އުޅަނދަކަށެެވެ. އަދި ދެވަނައަށް ދިން މިސައިލް ހަމަލާ އަމާޒުވީ އިސްރާއީލުގެ ނިރުބަވެރި އަސްކަރީ ސިފައިން ތިބި ޢިމާރާތަކަށެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ވަނީ މި ހަމަލާތަކުގެ ޒިންމާ ނަގާފައެވެ.
ޙިޒްބުﷲ އިން ބުނި ގޮތުގައި މި ހަމަލާތައް ދީފައިވަނީ "އަންގާރަ ދުވަހު އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ކޮމާންޑަރުން ޝަހީދުކޮށްލުމާ" ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ