ސައުދީ ކިންގްސް ކަޕް ސެމީގައި, އަލް-އިއްތިހާދް އަދި އަލް-ހިލާލް ވާދަކުރާ މެޗު މިރޭ! މިރޭގެ މެޗު ފަސޭހައެއް ނުވާނެ. އެހެނަސް ރެއާލް ބަލިކުރެވޭނެ: ޓުޗެލް ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑޭޓާ ޕެކޭޖްތަކެއް ތައާރަފް ކޮށްފި އެސްޓީއޯއިން ސިމެންތީގެ ހާއްސ

ރެއާލް މެޑްރިޑާއި ބަޔާން މިޔުނިކް އަކީ އެންމެ ކުރިންސުރެވެސް ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރުގެ ގޮތުގައި ފައިތިލަ ސާބިތުކުރަމުންދާ ދެޓީމެވެ.
މިދެޓީމަކީވެސް އެންމެ މަތީ ފަންތީގައި މެދުކެނޑުމެއް ނެތި ވާދަކުރުމުގެ އިތުރުން އެންމެ ޝަރަފްވެރި މުބާރާތްތައް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ދެޓީމްވެސްމެއެވެ. މިރޭ ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ވާދަކުރަން ތައްޔާރުވަމުންދާއިރު ދެޓީމުގައިވެސް އެންމެ ފާހަގަ ކުރެވެނީ ދެޓީމުގެ ކޯޗުންނެވެ. މިހާރު ބަޔާން މިޔުނިކްގެ ކޯޗުގެ މަގާމްގައި ހުރި ތޯމަސް ޓުޗެލް އެންމެ ފަހުން ކޯޗު ކޮށްދިނީ ޗެލްސީއަށެވެ. ޗެލްސީގައި ހޭދަކުރި ފުރަތަމަ އަހަރު އެޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިންއިރު އެ ސީޒަނުގެ ޔޫއެފާ ސުޕަޕްގެ އިތުރުން ކުލަބް ވޯލްޑް ކަޕް ކާމިޔާބުކުރިއެވެ. މިހާރު ރެއާލްގެ ކޯޗުގެ މަގާމްގައި ހުރީ ކުރިންވެސް ރެއާލްއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައިވާ، ކާލޯ އެންޗެލޮޓީއެވެ. އެންޗެލޮޓީ އަކީ ރެއާލް އާއި އެކު ދެފަހަރު ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރި ކޯޗެކެވެ.
މީގެއިތުރުން ދެން ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޔޫރަޕްގެ ކްލަބް ތަކުގެ ތެރެއިން އެއް ޤައުމަކަށް ނިސްބަތް ނުވާ ދެޓީމްގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު ވާދަވެރިކަން އުފެދިފައިވަނީ މިދެޓީމްގެ މެދުގައިކަމެވެ. މިގޮތުން ޗެމްޕިއަންސް ލީގުގެ ތާރީޚަށް ބަލާއިރު، މިދެޓީމްގެ ދެމެދުގައި ވަނީ ވާދަވެރި 26 މެޗެއް ކުޅެފިފައެވެ. އޭގެ ތެރޭގައި ހިމެނެނީ (ހޯމްއަވޭ މެޗުތައް ހިމެނޭހެން)، ގުރޫޕް ސްޓޭޖުގެ ދެ މެޗާއި، ރައުންޑް އޮ 16 ގެ ހަތަރު މެޗާއި، ކުއާޓާގެ ހަ މެޗުގެ އިތުރުން ސެމީގެ، 14 މެޗެވެ. މިރޭގެ މަޗަކީ މިއީ މި ދެޓީމު ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވާދަކުރާ 27 ވަނަ މެޗެވެ. އަދި ސެމީގައި ވާދަކުރާ 15 ވަނަ މެޗެވެ.
މި ދެޓީމު ޗެމްޕިއަންސް ލީގުގައި މިހާތަނަށް ޖުމުލަ 26 ފަހަރެއްގެ މަތިން ވާދަކޮށްފައިވާއިރު، އޭގެތެރެއިން 10 ފަހަރު ބަޔާން މޮޅުވެފައިވާއިރު، ރެއާލް 14 ފަހަރު މޮޅުވެފައިވެއެވެ. ދެ މެޗު އެއްވަރުވެފައި ވެއެވެ.
އެންމެ ފަހުން 2018 ވަނަ އަހަރުގެ ސެމީފައިނަލްގައި މިދެޓީމް ބައްދަލުކުރި މެޗަށް ބަލާލާއިރު އެފަހަރު ބަޔާން އަމިއްލަ ދަނޑުގައި ލަދުގަންނަވާލުމަށްފަހު ފައިނަލުން ޖާގަ ހޯދީ ރެއާލް މެޑްރިޑެވެ. ފުރަތަމަ ލެގުގެ މެޗު ރެއާލް 2-1 ނަތީޖާއިން ކާމިޔާބުކުރި އިރު ދެވަނަ ލެގު ގައި ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދީ ޕެނަލްޓީގައި 3-4 ގެ ނަތީޖާއިންނެވެ.
އޭގެ ކުރިން 2014 ވަނަ އަހަރުގެ ސެމީފައިނަލްގައި މިދެޓީމް ބައްދަލުކުރި އިރު ދެ ލެގުން ވެސް ކުރިހޯދާ ފައިނަލް ކަށަވަރުކުރީ ރެއާލް އިންނެވެ. އޭގެ ކުރިން 2012 ވަނަ އަހަރުގެ ސެމީފައިނަލްގައި މިދެޓީމް ބައްދަލުކުރި އިރު ފަހު ލެގް ރެއާލްގެ ދަނޑުގައި ކުޅެ ކުރި ހޯދީ ބަޔާންއިންނެވެ.
އެފަހަރު ފުރަތަމަ ލެގްގެ މެޗާއި ދެވަނަ ލެގްގެ މެޗުވެސް ނިމުނީ ދޭއް އަކަކުން ދެ ފަހަރު ދެޓީމުކޮޅަށެވެ. އެހެންކަމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ރޮނާލްޑޯ އާއި ސާޖިއޯ ރާމޯސް އަދި ކަކާ ފަދަ ކުޅުންތެރިން ޖެހި ޕެނަލްޓީ ނާކާމިޔާބުވެގެންދިޔައިރު ބަޔާންގެ ފިލިޕް ލާމް އާއި ޓޮނީ ކްރޫސް ޖެހި ޕެނަލްޓީވެސް ކާމިޔާބެއް ނުކުރެވެއެވެ.
މިފާހަގަ ކުރެވުނު ބައެއް ކަންތައްތަކަށް ބަލާއިލިނަމަވެސް ރެއާލް އާއި ބަޔާންގެ ވާދަވެރިކަން ފާހަގަވެގެންދެއެވެ. މިފަހަރު ސެމީ ފައިނަލްގެ ފުރަތަމަ ލެގު ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅެވޭއިރު މިދެޓީމްވެސް މިވަނީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެފައެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 12:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ