އީސީގެ މެމްބަރު ކަމަށް ޒަކަރިއްޔާ އައްޔަން ކޮށްފި

އީސީ އިން ބުނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ހަސަން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވާފައިވާ ކަމށެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ ސެކްރެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކޮށްފި އެވެ.
އީސީ އިން ބުނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް ހަސަން މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ކަމށެވެ.އީސީއަށް ހަސަން އައްޔަނު ކުރީ އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް، އިސްމާއިލް ހަބީބްގެ ދައުރު މިދިޔަ މަހުގެ 13 ވަނަ ދުވަހު ހަމަވުމުންނެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައި ވަނީ އެސްޖީ ހަސަންގެ ނަން ފާސް ކޮށް ދިނުމަށެވެ. މަޖިލީހުން ވަނީ ހަސަންގެ ނަން ފާސް ކޮށްފަ އެވެ.
އީސީގެ އެސްޖީގެ މަގާމަށް ހަސަން އައްޔަނުކޮށްފައި ވަނީ ޖޫން 10، 2021 ގަ އެވެ.އީސީގެ މެމްބަރު ކަމުގެ މަގާމުގެ ދައުރު ހަމަވި ހަބީބް ވަނީ އީސީގެ މެމްބަރުކަން ދެ ދައުރު ފުރިހަމަ ކުރައްވާފަ އެވެ. ދެވަނަ ދައުރަކަށް ހަބީބް އައްޔަނުކޮށްފައި ވަނީ މާޗު 13، 2019 ގަ އެވެ. އަދި، ކޮމިޝަންގެ ނައިބް ރައީސްގެ މަގާމަށް އައްޔަނުކޮށްފައި ވަނީ ޖެނުވަރީ 25، 2021 ގައެވެ. ހަބީބް ވަނީ 21 އަހަރު އީސީއަށް ހިދުމަތް ކޮށްދެއްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ