ކުޅުދުއްފުށީގައި ބާއްވާ އިޙްޔާ ފޯރަމް ހުކުރުދުވަހުގެ ރޭ

އިސްލާމިކް މިނިސްޓްރީ އާއި ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އިޙްޔާ ފޯރަމް އަންނަ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީ ޝިޢާރު އަށަގެންނެވުމުގެ ގޮތުން ކޮންމެ ރޯދަމަހަކު ކުރިއަށްގެންދާ މި އިޙްޔާ ފޯރަމު މިއަހަރު ކުރިއަށްގެންދަވާނީ އައްޝައިހް މުތީއު އިސްމާއިލް މުހައްމަދެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ބާއްވާ މި ފޯރަމުގައި މިފަހަރުގެ މައުޟޫއަކީ ' އިންސާނާގެ ހަށިގަނޑުން ފެންނަން ހުރި އިލްމީ ހަގީގަތްތައް' ކަމަށެވެ.
ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ފޯރަމު ފަށާނީ އަންނަ ހުކުރުދުވަހުގެ ރޭގަނޑު 21:45 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ