އިންޑޮނޭޝިއާގެ ޖާވާއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް އޮފީސް

އިންޑޮނޭޝިއާގެ ޖާވާ ސަރަޙައްދަށް މިރޭ އައި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ޖާވާއަށް ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިރޭ 21:29 ގައި ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މެޓް އޮފީހުން މަޢުލޫމާތުދެއްވި ގޮތުގައި ޖާވާއާއި މާލެ އާއި ހުރި ދުރުމިނަކީ 3761 ކިލޯމީޓަރެވެ. އަދި މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، ނުރައްކާވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މި ދުވަސްވަރު ރާއްޖޭގެ އެކިހިސާބަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ