ކޮންގްރެސްގެ ބޮޑު ކާމިޔާބަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

"ވިހިވަނަ މަޖިލީސްއަށް ޕީއެންސީ ހޯދި ފުރިހަަމަ ކާމިޔާބަށް އެ ޕާޓީގެ މެންބަރުންނާއި ރައީސް މުއިއްޒަށާއި އަދި އެ ޕާޓީގެ ވެރީންނަށް މަރުހަބާ،" ނަޝީދު ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.
އްޔިތުންގެ މަަޖިލީހުގެ އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން ބޮޑު އަޣުލަބިއްޔަތެއް ލިބި ސުޕަ މެޖޯރިޓީ ހޯދުމާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ވެރީންނާއި މެންބަރުންނަށް މަރުހަބާ ދަންނަވައިފި އެވެ.
އިންތިހާބުގައި ހައިރާން ކުރަނިވި ނަތީޖާ އަކުން ބޮޑު ތަނުން ކުރީގައި އޮތީ ކޮންގްރެސް އެވެ. މާލެ ސިޓީއާ އައްޑޫ ސިޓީއާ ފުވައްމުލަކު ސިޓީއާ ތިނަދޫ ސިޓީއާ ކުޅުދުއްފުށި ސިޓީގެ އަގުލަބިއްޔަތު ވެސް ހޯދީ ކޮންގްރެސް އިންނެވެ.ފުވައްމުލަކު ސިޓީގެ ހުރިހާ ގޮނޑިއެއް ކޮންގްރެސް އަށެވެ. އައްޑޫގެ ވެސް ދެ ގޮނޑިއެއް ފިޔަވާ ހުރިހާ ގޮނޑިއެއް ކޮންގްރެސްގެ ކެންޑިޑޭޓުން ކާމިޔާބު ކުރިއިރު މާލެ ސިޓީން ވެސް ވަރަށް ތަނަވަސް އަޣުލަބިއްޔަރެއް ވަނީ ހޯދާފައެވެ. އަދި ވަރަށް ގިނަ ދާއިރާތަކެއް ގައި ކޮންގްރެސްގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފައެވެ. މިއީ ވަރަށް ތާރީހީ / ބޮޑު ކާމިޔާބެކެވެ.މިހާރު ޔަގީން ކުރެވޭ ގޮތުން ކޮންގްރެސް އިން 71 ގޮނޑި ނަގާނެ އެވެ. އަދި އަމިއްލަ ގޮތުން އިންތިހާބު ވި ބައެއް މެންބަރުންނާ އެކު ދެން އަންނަ މަޖިލީހުގައި ރައީސަށް ތާއީދު ކުރާ 75 މެންބަރުން ތިއްބަވާނެ އެވެ. "ވިހިވަނަ މަޖިލީސްއަށް ޕީއެންސީ ހޯދި ފުރިހަަމަ ކާމިޔާބަށް އެ ޕާޓީގެ މެންބަރުންނާއި ރައީސް މުއިއްޒަށާއި އަދި އެ ޕާޓީގެ ވެރީންނަށް މަރުހަބާ،" އެކްސް ގައި ނަޝީދު ކުރެއްވި ޕޯސްޓެއް ގައި ވިދާޅުވި އެވެ.އިއްޔެގެ އިންތިހާބަށް ނަޝީދުގެ ފޮޓޯފުޅާ ތާއީދާ އެކު 41 ކެންޑިޑޭޓުން ނެރުނެވެ. އޭގެ ތެރޭގައި ސިޔާސީ ގޮތުން ވަރަށް ފާހަގަކޮށް ލެވޭ ބޭފުޅުން ވެސް ހިމެނެ އެވެ. ނަމަވެސް އެއްވެސް ކެންޑިޑޭޓަކަށް އިންތިހާބުން މޮޅެއް ނުވެވުނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ