ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަނީ

އެޗްޑީސީ އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން 'އަވައްޓެރި ރޯދަ ވީއްލުން'ގެ ނަމުގައި ހުޅުމާލޭގެ އެކި
ސަރަހައްދުތަކުގައި ރޯދަ ވީއްލުންތަކެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އެޗްޑީސީ، ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް އަދި ރައްޔިތުން ގުޅިގެން ކުރިއަށްގެންދާ މި
ހަރަކާތުގެ މަގްސަދަކީ ދިވެހިންގެ
މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް
ދިރުވުން ކަމަށް އެޗްޑީސީން ބުންޏެވެ.
ތަފްސީލް - 'އަވައްޓެރި ރޯދަ ވީއްލުން' ހަރަކާތްތައް ރާވާފައި ވަނީ ރޯދަ
މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ
ގޮތަށެވެ.
އެގޮތުން:
މި އަހަރުގެ ފުރަތަމަ ރޯދަ ވީއްލުން ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހު
ހަރަކާތް އޮންނާނީ ހުޅުމާލޭ ފޭސް 1ގެ ހުރަވީ ސްކޫލު
ކުރިމަތީގައި އޮންނަ ރަނައުރާ މަގުގައި
މި ހަރަކާތާ ގުޅޭ ގޮތުން އެޗްޑީސީގެ ހެޑް އޮފް މާކެޓިން އެންޑް
ޕީއާރު ހަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދު ވެސް ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި އެޗްޑީސީއަށް އެއްބާރުލުން ދޭ ބައެއް ކަމަށެވެ.
"މިފަހަރު ވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކު،" އޭނާ ވިދާޅުވި އެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި ވެސް ހުޅުމާލޭގެ
ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް،
ހުޅުމާލެއަކީ ގުޅުން ބަދަހި ރައްޔިތުން ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ