ޕީޕީއެމް/ޕީއެންސީގެ ފަރާތުން، މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ބައި އިލެކްޝަންގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕޭން ސައިކަލް ބުރެ މިއަދު ހަވީރު މާލޭ ސިޓީގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.
މި ސައިކަލްބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 3:45 ގައި އިއްޒުއްދީން މަގު (ހައުސިންގ މިނިސްޓްރީ ކައިރި)އިން ފެށިގެންނެވެ.
މި ސައިލަކް ބުރުގައި ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އާޒިމާގެ ކެންޕެއިން ޓީމުން މައުލޫމާތު ދެއެވެ. 
Advertisement
ކެންޕެއިން ސައިކަލު ބުރުގެ އިތުރުން، ޢާޒިމާގެ ކެންޕެއިން ޓީމުން އަންނަނީ ޖަގަހަ ޖަލްސާ ތަކާއި ދޮރުން ދޮރަށް ކެންޕެއިން ހަރަކާތްތައް ވެސް ކުރިއަށް ގެންދަމުންނެވެ. 
ހުސްވެފައިވާ މާލޭ މޭޔަރ ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، އެ އިންތިޚާބުގައި ޖުމްލަ 5 ކެންޑިޑޭޓެއް ބައިވެރިވެއެވެ. 
އެއީ، ޢާޒިމާގެ އިތުރުން، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، ޑިމޮކްރެޓްސް ގެ ޓިކެޓްގައި ވާދަކުރައްވާ މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަގޮތުން ވާދަކުރާ ފުރަހަނު ޝުއައިބުއެވެ.
    
    އާޒިމާގެ ކެމްޕޭން ސައިކަލް ބުރެއް މިއަދު ހަވީރު!
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
            