ގާޒީ ޝަކީލް ހައިކޯޓަށް ބަދަލު ކުރުމަކީ ސަރުކާރުން ބޭނުން ހުކުމް ކުރަން ދިން ހިތްވަރެއް: އިދިކޮޅު

ގާޒީ އަހުމަދު ޝާކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމުމަކީ ސަރުކާރުން ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ގާޒީ ޝަކީލް ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅޫވާލި ފުރުސަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލް ބޭފުޅާގެ ގޮތުގައި ހޮވިގެންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރަން ފާސް ކުރި އިއްޔެ އެވެ.
މި ނިންމުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ޕީޕީއެމްގެ ބަޔާނުގައި ބުނީ ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓުގެ ޙުކުމް ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވަނިކޮށް، ދަށު ކޯޓުން ޙުކުމް ޖެހި ޤާޒީއަށް މަޤާމުމެ ކުރިއެރުން ދިނުމަކީ، ސަރުކާރުގެ ނުފޫޒު ސިއްރާއި ފާޅުގައި ޖުޑިޝަރީއަށް ފޯރުވާ، ސަރުކާރު ބޭނުންވާ ޙުކުމެއް ކުރުމަށް ހިތްވަރު ދިނުންކަމުގައިވެސް ޤަބޫލުކުރާ ކަމަށެވެ.
އަދި އެއީ ރިޝްވަތުގެ ޢަމަލެއްގެ ގޮތުގައިވެސް ބެލެވޭ ކަމަށާއި ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ސަރުކާރުގެ ނުފޫޒާއެކު، އެތައް މަންފާއަކާއި ވަޒީފާގެ ކުރިއެރުން ތައް ހުށަހެޅި، ޤާޒީ އަމިއްލަ އިޚުތިޔާރުގެ ބޭރުންކަމުގައި ދިވެހިންގެ ތެރެއިން އެތައް ބަޔަކު ޤަބޫލުކުރާ ކަމަށް ބުންޏެވެ.
ބަޔާނުގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ކުރި ޙައްޤު ނޫން ޙުކުމުގެ ހަދިޔާއެއްގެ ގޮތުގައި، އެއަށްވުރެ މަތީ މަޤާމަކަށް ޤާޒީ ޝަކީލު ބަދަލު ކުރާނެ ވާހަކަ އެއީ މީގެ ކުރިންވެސް މި ކޯލިޝަނުން ދައްކަމުން ގެންދިޔަ ވާހަކައެއް ކަމަށެވެ. އެންމެ ފުރަތަމަ ރައީސް ޔާމީނަށް ޙުކުމް ކުރި ޤާޒީ ޢަލީ ރަޝީދަށްވެސް އެތައް މަންފާއަކާއެކު ވަޒީފާގެ ކުރިއެރުން ވަނީ ލިިގެން ގޮސްފައިވާކަން ފާހަގަ ކުރި އެވެ.
މިކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ކޯލިޝަންގެ ލީޑަރ އަދި ޕިޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙައްޤު ނޫން ޙުކުމް ހައިކޯޓުގައި އިސްތީޢުނާފްކޮށްފައިވާއިރު، އެމައްސަލައިގެ އެއްވެސް ކަމެއް ހައިކޯޓުގައި ހިނގަމުން ނުދިޔުމަކީވެސް މިކޯލިޝަނުން ކަންބޮޑުވާ މައްސަލައެކެވެ.
ރައީސް ޔާމީންގެ މައްސަލައަކީ ދިވެހިރާއްޖެއާއި ދިވެހި އެންމެހައި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލައަކަށްވާއިރު، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައިވާ މައްސަލަ އަވަސްކޮށް އިންސާފު ޤާއިމުކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ކަންކަން ފަސްނުކޮށް ކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ކަމަށް ބުންޏެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "adc3b346069470db391cfddc8594a33e" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ