އުމުރުން އެންމެ 5 އަހަރު، އެލާޖީއެއްގެ ސަބަބުން ނިދިން މަހުރޫމްވެ ކިޔެވުމަށްވެސް ހުރަސް އެޅިފައި

ޒަމީލް ބިން ޒާދީ ހުސެއިން (5އ) އަކީ އުމުރުން އެއް އަހަރުން ފެށިގެން އެލާޖީގެ މައްސަލަތައް ދިމާވާ ކުއްޖެކެވެ. ޖީސިކްސްޕީޑީ ހުރުމުންނާއި އެކު މި ކަމަށް ދާއިމީ ހައްލެއް ލިބުން ވަނީ ދަތިވެފައެވެ. ގިނަ ބޭސްތައް ނުދޭވޭތީއެވެ. ގަދަވަސްތަކާ ނުގުޅޭތީއެވެ. ހިރަފުސް އަދި ގަދަ އަތްވަކީ ޒަމީލްގެ ބަލި ބޮޑުވުމުގެ ސަބަބުތަކެވެ.
އެހެން ކުދީންހެން، ސްކޫލުގައި އުޅޭ އުޅުމުގައިވެސް ވެއްޔާއި އަވީގައިވެސް އުޅެ، ކުޅޭ ކުޅިވަރުތަކުގައި ވެސް ބައިވެރިވުން ޒަމީލަށް ވަނީ ވޭނަކަށެވެ. ނިދިން މަހުރޫމް ވާތީއެވެ. އަތާއި ފައި އަދި މޫނުމަތީގައީގައި ހަލާކުވެފައި ހުންނަ ތަންތަން އިތުރަށް ހިރުވައި ކަހާތީއެވެ. ކޮންމެ ރެޔަކުވެސް މަދުވެގެން 4 ވަރަކަށް ފަހަރު ހޭލައި އުޅޭން ޖެހޭ ކަމުގައި ޒަމީލުގެ މަންމަ އައިމިނަތު ސާލިމާ "ވަން" އަށް ބުންޏެވެ.
މިކަންކަމަށް ހައްލެއް ހޯދުމަށް ރާއްޖެއިން އެތައް ޑޮކްޓަރުންނަކަށް ވޭތުވެދިޔަ 5 އަހަރު ތެރޭ، ދެއްކުމުންވެސް މި ބަލީން ސަލާމަތް ވެވޭނެ ގޮތެއް ނުވާކަމުގައި ސާލިމާ ބުންޏެވެ.
Previous 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކުއްޖެއް --- ފޮޓޯ/ ސާލިމާ 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކުއްޖެއް --- ފޮޓޯ/ ސާލިމާNext
ޒަމީލްގެ ހާލަތު ގޯސްވަމުންދާ ދުވަސްތައް ގިނަވުމުން ސްކޫލަށް ދިއުން ވަނީ އުނދަގޫ ވެފައެވެ. މޫނުމަތީގައި ހުންނަ ފާރުގަނޑުތައް ކަހާތީއާއި އެތަންތަނުން ލޭ އަންނާތީއެވެ. ފެންވަރުވަންވެސް ޖެހެނީ ހުސްފެނުންކަމަށާއި ސައިބޯނި ފަދަ އެއްޗެއް ލުމުންވެސް އަތުގަޔާއި ފައި އަދި މޫނުމަތީގައި ހުންނަ ފާރުގަނޑުތަކަށް ތަދުވާ ވާހަކަ ޒަމީލް ބުނާކަމުގައި ސާލިމާ ބުންޏެވެ.
"ނިދާއިރުވެސް އުޅެން ޖެހެނީ ވަރަށް ހާލުގަ. ޑޮކްޓަރުން މިވަގުތު ދީފަ ހުރި އުނގުޅާބޭސް އުނގުޅައިގެން އޭގެ މަތިން އަތުގަޔާއި ފައިގައި ބެންޑޭޖްވެސް އޮޅާފަ އަދި ފަޔަށް އިސްޓާކިންވެސް ލައްވާފަ ނިދަން ޖެހެނީ. އެކަމަކުވެސް ޒަމީލް 4 ވަރަކަށް ފަހަރު ނުހޭލާ ރެޔެއްނުދާނެ. ދަރިފުޅު އުޅޭ ހާލު ފެނިފަ ގިނަ ރޭރޭ އަޅުގަނޑަށް ވެސް ރޮވޭ. އަބަދުވެސް އުޅޭނީ ފާރުގަނޑުތައް ކަހާތީ" ސާލިމާ ރޮމުން ކަހަލަ ގޮތަކަށް ދަރިފުޅުގެ ހާލަތު ކިޔައިދިނެވެ.
ޒަމީލަކީ ކިޔެވުމަށްވެސް މޮޅު ކުއްޖެއްކަމަށާއި، މިހާރުވެސް ސްކޫލަށް ދާން ބޭނުން ކަމަށް ސާލިމާ ބުންޏެވެ.
"އެކަމަކު ޒަމީލަށް އަމިއްލަޔަށް ވިސްނިފަ އޮންނަނީ ޒަމީލް ގައިގައި ހުރި އެލާޖިކް ބަލި އެހެން ކުދީންނަށް ޖެހިދާނޭ، އެހެން ކިޔާފަ ނުދާން އުޅެނީ. ފާއިތުވި މަހުވެސް ސްކޫލަށް ގެންދެވުނީ ގާތްގަނޑަކަށް 12 ވަރަކަށް ދުވަހު" ސާލިމާ ބުންޏެވެ.
Previous 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކަމުގެ ލިޔުންތައް --- ފޮޓޯ/ ސާލިމާ 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކަމުގެ ލިޔުންތައް --- ފޮޓޯ/ ސާލިމާ 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކަމުގެ ލިޔުންތައް --- ފޮޓޯ/ ސާލިމާ 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކަމުގެ ލިޔުންތައް --- ފޮޓޯ/ ސާލިމާ 30 ނޮވެމްބަރު 2023: ޒަމީލް ބިން ޒާދީ ހުސެއިން، 5 އަހަރު، އެލަޖިކް ބައްޔަށް ބޭސްފަރުވާ ކުރަމުން އަންނަ ކަމުގެ ލިޔުންތައް --- ފޮޓޯ/ ސާލިމާNext
ކުޑަ ދަރިފުޅުގެ ބަލި ހާލަތު ހުރި ގޮތުންނާއިއެކު ވަޒީފާޔަކަށް ދިއުންވެސް ސާލިމާއަށް ވަނީ ދަތިކަމަކަށެވެ. ގޭތެރޭގެ ކެއުން ބުއިމުގެ ހަރަދުތައް ބަލަހައްޓަނީ ފިހާރަޔަކަށް ރޮށިފިހެދީގެން އެއިން ލިބޭ އާމްދަނީން ކަމަށް ސާލިމާ ބުންޏެވެ. އެވެސް ދަނީ ވިކޭ ދުވަހާއި ނުވިކޭ ދުވަހެވެ.
ސާލިމާއަކީ ދެކުދީންގެ މަންމައެކެވެ. ދަރިފުޅުގެ ހާލަތު ރަނގަޅުވޭތޯ މެދުކެނޑުމެއްނެތި އެތައް ޑޮކްޓަރަކަށް ދެއްކިޖެއެވެ. ރާއްޖެއިން މި ބައްޔަށް ދެވެން ހުރި ހުރިހާ ފަރުވާއެއް ދަރިފުޅަށް ދެވޭތޯ މަސައްކަތް ކޮށްފިއެވެ. ނަމަވެސް ދަރިފުޅުގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ "ޕްރިކް ޓެސްޓް" ހެދުމަށާއި "އިމިނިއުލޮޖިސްޓަކަށް" ދެއްކުމަށް ޑޮކްޓަރުން ލަފާދޭ ކަމުގައި ސާލިމާ ބުންޏެވެ.
މިއީ ރާއްޖެއިން ހެދެން ހުންނަ ޓެސްޓްތަކެއް ނޫނެވެ. މި ކަމަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާ ދޭ ކަމަށާއި އެކަމާ ގުޅޭ ސިޓީތައްވެސް އެބަހުރި ކަމަށް ސާލިމާ ބުންޏެވެ.
ބޭސްފަރުވާގެ ކަންތައް އާސަންދައިން ހަމަޖެހިފައިވީނަމަވެސް، ވަގުތާއި ހާލަތު ހުރިގޮތުން އަތްމަތީގައި އެހެން ހަރަދުތަކަށް ތަނަވަސް ކަމެއް ނެތުމުންނާއި އެކު ރާއްޖެއިން ބޭރަށް ބޭސްފަރުވާޔަށް ދިއުމަށް ސާލިމާ ވަނީ ނުކުޅެދިފައެވެ. ރާއްޖެއިން ބޭރުގައި ދަރިފުޅަށް ބޭސް ކުރަން ހޭދަކުރަން ޖެހޭނެ މުއްދަތެއް ނޭނގޭތީއާއި އެކު ސާލިމާ އެދެނީ އޭނާގެ ކުޑަދަރިފުޅަށް ދާއިމީ ޝިފާއެއް ލިބޭނެ މަންޒިލެއް ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށެވެ. ވެދެވެން އޮތް މިންވަރަކުން އެހީތެރިވެދިނުމަށެވެ.
އެހީތެރިވެދެވެން ނެތް ފަރާތްތަކުން މި ޕޯސްޓް ޝެއާކޮށްލައިންގެން ނަމަވެސް އެހީތެރިވެދެވޭނެ މީހަކަށް މި ޕޯޓްސްފެނި އެހީ ލިބުމަކީ ކުޑަކުޑަ ޒަމީލްގެވެސް އުންމީދެވެ.
މި ޕޯސްޓްއަކީ ސާލިމާ ގެ ދަރިފުޅު ޒަމީލަށް އެހީގެ، ފައިސާ ހޯދުމަށް ސާލިމާގެ އެދުމުގެ މަތިން "ވަން"އިން ލިޔެފައިވާ ޕޯސްޓެކެވެ.
މިކަމާއި ގުޅޭ އިތުރު މާއުލޫމާތު ހޯދުމަށް: 9144435 އައިމިނަތު ސާލިމާ
ބެންކްއޮފް މޯލްޑިވްސް އެކައުންޓް ނަމްބަރު : 7715118531101
ބެންކްއޮފް މޯލްޑިވްސް ޑޮލަރު އެކައުންޓް ނަމްބަރު : 7730000454173
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ