ރާއްޖޭގެ މޫސުން މިއަދާއި މާދަމާ ވެސް ގޯސްވާނެކަމަށް ލަފާކުރައްވައި، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރައްވައިފިއެވެ.
އެ އޮފީހުން ވިދާޅުވީ އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށާއި މެދުރާއްޖެ އާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަވުމާއެކު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދިި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާ ދެކުނު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރައްވާފައިވާއިރު، މެދުރާއްޖެ އާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން 8 މޭލާއި 18 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކުރައްވާފައި ވެއެވެ. އަދި ވިލާގަނޑުގައި 35 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.
މެޓް އޮފީހުން ވިދާޅުވީ މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނު އަތޮޅުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
މިދުވަސް ވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްތަރ މެނޭޖްމެންޓް އޮތީރިޓީ (އެމްޑީއެމްއޭ) އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިއަދާއި މާދަމާ ވެސް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ