ރައީސް ޔާމީންގެ ރިޔާސަތުގައި ޕީޕީއެމްގެ އެސްޖީ ކަމަށް މެމްބަރު ޚަލީލް އައްޔަން ކޮށްފި
ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރިޔާސަތު ބެލެހެއްޓެވި ފުރަތަމަ ޖަލްސާގައި އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް އައްޔަން ކޮށްފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޚަލީލް އައްޔަން ކުރައްވާފައި ވަނީ ރައީސް ޔާމީންގެ ރިޔާސަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ޚަލީލް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރައްވާފައިވާއިރު، މިއަދު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސަތުގައި ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމުގައި ހުންނެވި އަބްދުލް އަލީމް އައްޔަން ކުރައްވައިފައެވެ. ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި މިރޭ ވަނީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް އެމްޓީސީސީގެ ކުރީގެ ޗެއާމަން އިގްބާލް އާދަމް އައްޔަން ކުރައްވައިފައެވެ. ކުރިން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިގްބާލް ޕީޕީއެމަށް ސޮއިކުރެއްވީ މިރޭ ދަރުބާރުގޭގައެވެ. މިރޭ ދަރުބާރުގޭގައި ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު އިގްބާލް އާދަމް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާނަށް ފޯމް ހަވާލުކޮށްދެއްވަނީ ----
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ