ތަހުޒީބު ގޮތަކީ އައު ވެރިކަމަށް ހިތުގެ އަޑިން މަރުހަބާ ކިޔުން: މައުމޫން

މައުމޫން ވިދާޅުވި ގޮތުގައި އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ ކޮންމެ ގައުމެއްގައި ވެސް އިންތިހާ އަށް މުހިންމު ދަނޑިވަޅެކެވެ.
ތަހުޒީބު މުޖުތަމައު ތަކުގެ ގޮތަކީ ނިމިގެންދާ ވެރި ކަމަށް ހިތްހެޔޮ ކަމާއެކު ޝުކުރު އަދާކޮށް އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުހަބާ ކިޔުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން މިއަދު ނިމި އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގަތުމަށް ތައްޔާރު ވަމުންދާ ދަނޑިވަޅުގައި "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއް ގައެވެ.މައުމޫން ވިދާޅުވި ގޮތުގައި އެއް ވެރިކަމެއް ނިމި އަނެއް ވެރިކަމެއް ފެށޭ ވަގުތަކީ ކޮންމެ ގައުމެއްގައި ވެސް އިންތިހާ އަށް މުހިންމު ދަނޑިވަޅެކެވެ. ތަހުޒީބު މުޖުތަމައު ތަކުގެ ގޮތަކީ ނިމިގެންދާ ވެރިކަމަށް ހިތްހެޔޮ ކަމާ އެކު ޝުކުރު އަދާ ކުރުން ކަމަށް ވިދާޅުވި އެވެ. އަދި އަލަށް އަންނަ ވެރިކަމަށް ހިތުގެ އަޑިން މަރުހަބާ ކިޔުން ކަމަށް މައުމޫން ވިދާޅުވި އެވެ.މައުމޫނަކީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަން 1978 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރުގެ ނޮވެންބަރު 11 ވަނަ ދުވަހުގެ ނިޔަލަށް ދެމި އޮތެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވީ ރައީސް މުހައްމަދު ނަޝީދެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ރައީސް ނަޝީދު ކާމިޔާބު ކުރެއްވުމުން ރައީސް މައުމޫން ވަނީ އެމަނިކުފާނަށް ވަގުތުން މަރުހަބާ ވިދާޅުވެ ރައީސް އޮފީހަށް ދައުވަތު ދެއްވާފައެވެ. ދެ ރައީސުން އެކުގައި ބައްދަލްވުމެއް ވެސް ބޭއްވެވި އެވެ.ރައީސް ނަޝީދުގެ ވެރިކަން ދައުރުގެ މެދުތެރެއިން ބަދަލުވީ ފެބްރުއަރީ 7، 2012 ގައި އެމަނިކުފާނު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުންނެވެ. ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ސިޔާސީ ޕާޓީތަކާއި އާންމުން ތެދުވެ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް ގައުމު ވަރަށް ބޮޑަށް ހަލަބޮލިވެފައި ވަނިކޮށެވެ.އޭގެ ފަހުން ދެން ވެރިކަމަށް ވަޑައިގެންނެވީ ނަޝީދުގެ ނާއިބު، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. އެމަނިކުފާނު ވަނީ ނޮވެންބަރު 17،. 2013 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވާފައެވެ. ރިޔާސީ ދައުރު ބަދަލުވާ ދުވަސް ނޮވެންބަރު 11 އިން ނޮވެންބަރު 17 އަށް ބަދަލުވީ އެ އަހަރު އެވެ. އެއީ އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލު ކުރުމުން އިތުރު ދެ ބުރެއް ބާއްވަން ޖެހުމުންނެވެ.2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނު ވެވަޑައިގެންނެވީ 2008 ވަނަ އަހަރު އަމަލު ކުރަން ފެށި ފެހި ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެއްވި ރައީސަށެވެ.އޭގެ ފަހުން 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރު މިއަދަށް ހަމަވާނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ރިޔާސީ ދައުރު މިއަދު ފައްޓަވާނެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ