އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަަދީލް ޖަލީލްގެ މައްސަލާގައި ހިމެނޭ މަނީ ލޯންޑްރިންގެ މައްސަލައިގެ 1 މިލިއަން ޑޮލަރުގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ބައްސާމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅި އިރު، އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ ޗެކަކީ އަމިން ކޮންސްޓްރަކްޝަންގެ ދެ އެެޕާޓުމެންޓު ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތު ނުވާ ކަމަށާއި އެ ފައިސާއަކީ އެފްއޭއެމް އާއި އަމިން ކޮންސްޓްރަކްޝަންއާ ދެމެދު ކުރި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތުވާ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.
ތަފްސީލް - އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ ޕީޖީ އޮފީހުން ބުނި ގޮތުގައި، އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަންކޮށްގެން ކަމަށް ދެކޭތީ ކަމަށެވެ.
މީގެ އިތުރުން، މި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ދެކޭ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ޕީޖީން ހައި ކޯޓުގައި އެދުނީ ދައުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހުރިހާ ހެކިތައް އަލުން ވަޒަންކޮށް، 1 މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލުކޮށްދިނުމަށެވެ. އެގޮތުން:
ބައްސާމުގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ މި ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް މި އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ
1 މިލިއަން ޑޮލަރުގެ ޗެކާ ގުޅިގެން އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ވެސް ޕީޖީން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި
ބައްސާމް މައްސަލާގައި ހިމެނޭ އެފްއޭއެމްގެ 1 މިލިއަން ޑޮލަރުގެ ބައި ހައި ކޯޓުގައި އިސްތިއުނާފުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ