މި ރޯދަ މަހުގެ ފަހި 15 ގައި އުމްރާ އަށް ދާން ފައިސާ ދެއްކި ބަޔަކަށް ސައުދީ އަރަބިއްޔާ އަށް ނުފުރުނުގެ ޝަކުވާތަކެއް ބޮޑުވެއްޖެ އެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުންނަކީ އަލް އަބްރާރު ޓުއާސް އެންޑް ޓްރެވެލްސް ކިޔާ ގުރޫޕަކަށް ފައިސާ ދެއްކި 110 މީހެކެވެ.
އެ ގްރޫޕަށް ފައިސާ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މީހުންނަށް ފުރޭނެ ގޮތެއް ވާނުވާގައި ތިބީ މެދުއިރުމަތީގެ ހާލަތު މިހާރު އޮތް ގޮތުން ކަމަށް ބުނެ އެންމެ ފަހު ގްރޫޕުން ފުރުން ކެންސަލްކޮށްފައިވާތީ އެވެ. މިކަމާ ގުޅިގެން އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ވެސް ގުޅި ކަމަށާއި ކަންކަން ހަމަޖެހިފައިވާ ނަމަ، އުމްރާ ވެރިން ފުރުވާލުމަށް އެންގެވި ކަމަށާ،އި އަދި އުމްރާ ވެރިން ގޮސް އުޅޭ ހިސާބަށް ނުރައްކަލެއް ނެތް ކަމަށްވެސް މިނިސްޓަރު ވިދާޅުވި ކަމަށް އުމްރާއަށް ދާން ފައިސާ ދެއްކި އެ މީހަކު ބުނެފައިވެ އެވެ.
ނަމަވެސް ގުރޫޕުން ރޯދަ މަހު މީހުން އުމްރާއަށް ގެންދަން މިނިސްޓްރީގެ ހުއްދައަށް ވެސް އެދިފައި ނުވާ ކަމަށާއި މައްކާ އިން ހޮޓެ ލްވެސް ބުކް ކޮށްފައި ނުވާކަން އެނގިފައިވާ ކަމަށް ބުންޏެވެ.
ފައިސާ ދެއްކި މީހުން ބުނެފައި ވަނީ އެ މީހުންނަށް ރިފަންޑް ދޭނެ ކަމަށް ގުރޫޕުން ބުނި ނަމަވެސް، އެ ދެނީ ޓިކެޓަށް ވާ ބައި ކަނޑާފައި ކަމަށާއި ވިސާ ދިންކަމުގެ ލިޔުން ދިނުމަށް އެދުމުން އެ ވެސް ދީފައި ނުވާ ކަމަށެވެ.
މިކަމާ ގުޅިގެން އަބްރާރް ގުރޫޕްގެ މެނޭޖިން ޑިރެކްޓަރާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އުމްރާ މީހުން ގެންދިޔުމަށް ހުއްދަ ހޯދަން މިނިސްޓްރީއަށް މެއިލް ކުރި ކަމަށެވެ. ނަމަވެސް، އެ މެއިލް މިނިސްޓްރީއަށް ނުދިޔައީ ކަމަށެވެ. އަދި ހެޔޮ އެދޭ ފަރާތެއްގެ އެހީއާ އެކު ފައިސާ ދެއްކި މީހުންނަށް ރީފަންޑް ދިނުމުގެ ކަންކަންވެސް ކުރަމުން އަންނަ ބުނެފައިވެ އެވެ. ކަމަށް އޭނާ ބުންޏެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާ އިރު، ބޭރުގެ އެއާލައިންތަކުގެ ރާއްޖޭގެ އެޖެންޓްކަން ކުރާ އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ ބޭފުޅުން އެއްވެސް ކުންފުންޏަކުން ޢުމްރާ ފަސިންޖަރުން ނުވަތަ ގްރޫޕްތަކަށް ނިސްބަތްވާ އެއްވެސް ފައިސާއެއް ހިފަހައްޓާފައި ނުވަތަ ހިފެހެއްޓިފައި ނުވާކަމުގެ ޔަޤީންކަން އަރުވާ ކަމަށެެވެ.
"އަޅުގަނޑުމެން މި ގެންދަނީ މި ކުންފިނި މެދުވެރިކޮށް ޓިކެޓު ނެގި ފަޜާތް ކަމުގައިވާ އުމްރާ ގްރޫޕްތައް ހިމެނޭ ގޮތަށް އަޅުގަނޑުމެންގެ އެސޯސިއޭޓުންނާ ގާތުން ކޯޑިނޭޓްކޮށްގެން، ހުރިހާ އިންތިޒާމުތަކެއް ރަނގަޅަށް ބަލަހައްޓަމުން،" އޭނަ ވިދާޅުވި އެވެ.
ފްލައި ތަކެއް ކެންސަލް ކުރުމާ ގުޅިގެން އުމްރާގެ ބައެއް ގްރޫޕްތައް މިހާރު ވަނީ އަލުން ބުކްކޮށްފައި. އުމުރާވެރިންގެ ދަތުރުފަތުރަށް މަގުފަހިކުރުމުގެ އިތުރުން ފަސިންޖަރުން އަނބުރާ ގައުމަށް ގެނައުމަށް އެހީތެރިވުމަށް މޯލްޑިވިއަން އެއާލައިނުން ދަނީ ޖިއްދާއަށް ޗާޓަރު ފްލައިޓެއް ހަމަޖައްސަމުން."
"އިތުރު އަދި ތަފްސީލީ މައުލޫމާތު ހޯދުމަށް އިސްލަމިކު މިނިސްޓުރީ އާއަ ހައްޖު ކޯޕަރޭޝަނުން ޞައްޙަ އަޕްޑޭޓްތައް ފޯރުކޮށް ދެވޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން." ފިރާގް
ފައިސާ ދެއްކި ބަޔަކަށް އުމްރާ އަށް ނުފުރުމުގެ ޝަކުވާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ