ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށްފަހު މާލެ ވަޑައިގެންފި
ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި، ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަތީ މި ހިނގާ އެޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ޚާއްޞަ މެހުމާންދާރީގެ ދަށުން ކުރެއްވި ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގެ ހުރިހާ އިންތިޒާމްތަކާއި ޚަރަދުތައް ހަމަޖައްސަވައިދެއްވާފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ