ބާޒާރުގައި 20ރ.ގެ ނޫޓު މަދުވުން، އެ ސީރީސްގެ އާ ސްޓޮކެއް ޗާޕުކޮށްގެން ގެނެސްފައިވާ ކަމަށް، މަރުކަޒީ ބޭންކު، އެމްއެމްއޭއިން މިއަދު ބުނެފި އެވެ.
އެމްއެމްއޭގެ ބަސް - އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައިވާ ބުނީ:
ރަން ދިހަފަހެއްގެ ނޫޓް ސީރީޒްގެ ތެރެއިން 20ރ.ގެ ނޫޓުގެ ސްޓޮކް މަދުވެފައިވޭ
އެހެންވެ، 20ރ. ނޫޓުގެ އާ ސްޓޮކެއް އިއްޔެ އެ އޮތޯރިޓީއަށް ވަނީ ގެނެސްފައި
އެއީ ކިހާ އަދަދެއްގެ ނޫޓެއް ކަމެއް އެމްއެމްއޭއިން ހާމަކޮށްފައެއްނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަލީ ހާޝިމް ސޮއި ކުރައްވައި 20ރ.ގެ ސްޓޮކެއް އެންމެ ފަހުން ބާޒާރަށް ނެރެފައި ވަނީ މާޗު 2022ގަ އެވެ. އޭރު އާ ސްޓޮކެއް ނެރުނީ 2015 ވަނަ އަހަރު ޗާޕުކުރި 20ރ.ގެ ނޫޓުތައް އެ މަހުގެ ނިޔަލަށް ހުސްވާނެތީ ކަމަށް ވެސް އެމްއެމްއޭއިން އޭރު ބުނެފައިވެ އެވެ.
ބެލެވޭ ގޮތުގައި މިއީ އާ ގަވަރުނަރު އަހަމަދު މުނައްވަރުގެ ސޮޔާ އެކު ނެރޭނެ ފުރަތަމަ ނޫޓުތަކެވެ.
އޭގެ އިތުރުން، ބައެއް ބަދަލުތަކަކާ އެކު ޗާޕުކުރި 100ރ.ގެ އާ ނޫޓުތައް މިދިޔަ މަހު ވަނީ ބާޒާރަށް ނެރެފަ އެވެ. އެ ނޫޓުތަކުގައި އޮތީ ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮއެވެ.
20ރ.ގެ ނޫޓު މަދުވާތީ އާ ސްޓޮކެއް ޗާޕުކޮށްގެން ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ