މިއަހަރު ނުނިމެނީސް ޑާކްރެއިނުން އަނެއްކާވެސް މިއޮތީ އައު އަހަރަށް އުފާވެރި ހަބަރެއް ދީފައެވެ.
ޑާކްރެއިނުން މިވަނީ އޮލިމްޕަހަށް ނެރުނު ފިލްމުތަކުގެ ތެރެއިން މާސްޓަޕީސްއެއްގެ ގޮތުގައި ބެލެވުނު "އަލިފާން" އަދި މިއަހަރު ނިކުތް އެންމެ ސަޅި ލޯބީގެ ފިލްމް "އަލްވަދާޢު" އަނެއްކާވެސް އޮލިމްޕަހުގައި ދެއްކުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ.
ހަމަ ގައިމުވެސް މިއީ ކޮންމެވެސް ސަބަބަކާހެދި މި ދެ ފިލްމް ބަލަން އޮލިމްޕަހަށް ނުދެވުނު އަދި ދެވަނަފަހަރަށް ފިލްމް ބަލާލުމަށް ބޭނުންވި ފަރާތްތަކަށް ލިބިގެންދިޔަ އުފާވެރި ހަބަރަކަށް ވާނެއެވެ. ސޯޝަލް މީޑިއާގެ ކޮމަންޓްތަކަށް ބަލާލުމުން އެންމެފަހުން އެޅުވި އަލްވަދާއު ބަލާލުމަށް ބޭނުންވާ ގިނަ ބަޔަކު އަދިވެސް ތިބިކަން ފާހަގަކުރެވެއެވެ.
ޑާކްރެއިނުން "އަލިފާން" އެޅުވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އަދި "އަލްވަދާއު" އެޅުވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 2،3،4 އަދި 6 ވަނަ ދުވަހުގެ ރެއެވެ.
ޑާކްރެއިނުން މިއަހަރު އޮލިމްޕަހަށް ނެރުނު ފިލްމުތަކުގެ ތެރެއިން އަލިފާނަކީ އޮލިމްޕަސް ހޫނުވެގެންދިޔަ ފިލްމެކެވެ. އަލިފާނުގެ ހޫނުން ދޮންގަދަވެގެންދިޔަ އޮލިމްޕަސް ހަމަޔަކަށް އަޅުވާލަދިނީ ޑާކްރެއިނުން މިއަހަރު ނެރުނު އެންމެފަހު ފިލްމް "އަލްވަދާޢު" އެވެ.
އަލިފާނުގެ ޕޯސްޓަރު
ޑާކްރެއިނުން ނެރެމުންދާ ކޮންމެ ފިލްމަކީވެސް އެއްފިލްމު އަނެއްފިލްމާ ތަފާތު ފިލްމެކެވެ. އަލިފާނަކީވެސް މުޅިން ތަފާތު ޖޯންރާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެއްކަމަށް ޑާކްރެއިނުން ބުނެއެވެ. އެގޮތުން މި ފިލްމަކީ އެކްޝަން ތްރިލާ ޖޯންރާގެ ފިލްމެކެވެ.
އަލްވަދާއު އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތަފާތު ހާދިސާތަކެއް ފެނިގެންދާ ފިލްމެކެވެ.
އަލްވަދާޢުގެ ޕޯސްޓަރު
ބެލުންތެރިން މި ފިލްމް ބަލާފައި އެންމެބޮޑަށް ފާހަގަކޮށްފައިވަނީ ސްޓާރުންގެ ފަރާތުން ފެނިގެންދިޔަ އެކްޓެވެ. "އަލްވަދާއު" މި ފިލްމުގެ ސްކްރީން ޕްލޭ ގެނެސްދީފައިވަނީ ޝަހުދާ މަހްމޫދެވެ.
އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މި ފިލްމްގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޝަރަފުއްދީން (ޝަރަފް) އެވެ. އަދި ހަމަ އެހެންމެ މި ފިލްމުން ތަޖުރިބާކާރު އެކްޓަރު މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) އާއި، އަލިފާނުން މުޅިން ތަފާތު ގޮތަކަށް ފެނިގެންދިޔަ ޝީލާ ނަޖީބް ފެނިގެން ދެއެވެ.
ހާސްނުވޭ! ޖެނުއަރީމަހު އޮލިމްޕަހުން އަލިފާން އަދި އަލްވަދާއު ބަލާލެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ