1،000 އެފޯޑަބަލް ހައުސިން ޔުނިޓް ތަރައްގީކުރާނެ ބަޔަކު ހޯދަނީ
ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.އެ އިއުލާނުގައި ވަނީ ހުޅުމާލެ 3 ގައި އިމާރާތްކުރާ "އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ހައުސިން ޔުނިޓުތައް ޑިޒައިންކުރުމާއި އެ ތަން އިމާރާތްކުރަން ޝައުގުވެރިވާ ދިވެހި ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން އަންނަ މާޗު މަހުގެ 23 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފަ އެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ކުރިން proposal@infrastructure.gov.mv އަށް ހުށަހަޅަން ވަނީ އެދިފަ އެވެ.މި މަޝްރޫއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާޗް 8 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ.މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ މާޗް 23 ވަނަ ދުވަހުގެ މެންދުރުފަހު 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ