އެއްބާރުލުން ނުދޭތީ 57 ރަށެއްގައި ޕްރޮޖެކްޓް ނުފެށި އެބައޮތް: ރައީސް
ސަރުކާރުގެ ވިސްނުމާ ދެކޮޅު ލޯކަލް ކައުންސިލްތަކާ ހެދި 57 ރަށެއްގައި ޕްރޮޖެކްޓުތައް ނުފެށި އެބައޮތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.އާޓިފިޝަލް ބީޗުގައި ޕީއެންސީން ރޭ ބޭއްވި ތަރާވީހެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ތެރެއިން ދިމާވާ ދަތިތައް ނައްތާލުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށާއި ރާއްޖޭގެ އެކި ރަށްތަކުގައި މަސައްކަތްތައް ފެށިފައިވާއިރު، ބައެއް ރަށްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބޭތީ ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް އެބަހުރި ކަަމަށެވެ."މިއަދު އަޅުގަނޑު ހިސާބުތައް ބަލާލިއިރު، 57 ރަށެއްގައި އަޅުގަނޑުމެން ފެށި މަސައްކަތްތައް ނުފެށިފައި އެބަހުރި ކައުންސިލްތަކުން، އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކީލަ ވިސްނުމުގެ ކައުންސިލްތަކުން ހުއްޓުވާފައި އެކި އުޒުރުތައް ދައްކާފައި ބިން ހަވާލުނުކޮށްގެން. ބިން ހަވާލުކުރަނީ ކައުންސިލްތަކުން،" ރައީސް ވިދާޅުވި އެވެ.ވައުދުތައް ފުއްދަން މަސައްކަތްޕުޅު ކުރައްވަނީ އިހުލާސްތެރިކަމާ އެކު ކަމަށާއި އަދި އެ މަސައްކަތްތައް ބާރު ސްޕީޑުގައި ގެންދަން ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހޮވައިދިނުމަށް ރައީސް މުއިއްޒު އެދިވަޑައިގަތެވެ.އޭގެ އިތުރުން، ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ކައުންސިލްގެ އެންމެ އިސްމަގާމުގައި ހުންނެވި ބޭފުޅަކު ކަމަށް ވާތީ، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްގެ ރައީސުންނަށް ޕީއެންސީގެ ކެންޑިޑޭޓުން އިހުތިޔާރުކުރުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ