ރޯދަ މަސް ފެށެނު ފަހުން ބާޒާރުގައި އޮރެންޖެއްގެ އަގު ފުރަތަމަ ފަހަރަށް 6ރ. އަށް މިއަދު ވެއްޓިއްޖެ އެވެ.
މާލޭ ލޯކަލް މާރުކޭޓުގައި މިއަދު އޮރެންޖެއް ލިބެންހުރީ 6ރ. އާއި 7ރ. އާ ދެމެދުގެ އަގެއްގަ އެވެ. އިއްޔެ އޮރެންޖެއް 8ރ. އަށް ލިބެންހުރިއިރު، ހޯމަ ދުވަހު އޮރެންޖެއް ލިބެންހުރީ 15ރ. އަށެވެ.
ރޯދަ މަސް ފެށުނުއިރު އޮރެންޖެއްގެ އަގު ހުރީ 10ރ. ގަ އެވެ. ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން އޮރެންޖެއްގެ އަގު ހުރީ 8ރ. ގަ އެވެ. އެހެންކަމުން އޮރެންޖުގެ އަގު މިވަނީ ރޯދަ މަސް ފެށުމުގެ ހަފްތާއެއް ކުރިން ހުރި އަގަށްވުރެ ވެސް އަގުހެޔޮވެފަ އެވެ.
މާރުކޭޓުގައި ގޮޅިތައް ހިންގާ ބައެއް ވިޔަފާރިވެރިން ބުނީ އޮރެންޖުގެ އަގު ހެޔޮވީ އޮރެންޖު ކޭހެއް ލިބޭ އަގުވެސް ހެޔޮވުމުން ކަމަށާއި ކުރިން އަގުބޮޑުކޮށް ވިއްކީ ކޭހުގެ އަގުވެސް ބޮޑުވުމުން ކަމަށެވެ.
މިގޮތުން މި ހަފްތާ ފެށުނުއިރު 15 ކިލޯއގެ އޮރެންޖު ކޭހެއްގެ އަގު 1،000ރ. އަށް އެރި ކަމަށާއި މިހާރު 300ރ. އާއި 350ރ. އާ ދެމެދުގެ އަގަކަށް އޮރެންޖު ކޭހެއް ގަންނަން ލިބޭ ކަމަށެވެ.
ބާޒާރުގައި ތަކެތީގެ އަގު މިދިޔަ ހަފްތާއަށްވުރެ ކޮންމެވެސް ވަރަކަށް މިހާރު ވަނީ އަގުހެޔޮވެފަ އެވެ. އެގޮތުން ކަނޑޫދޫ މިރުހުގެ 100 ގްރާމް 60ރ. އަށް އެރުމަށްފަހު މިހާރު 40ރ. އާއި 45ރ. އަށް ލިބެ އެވެ.
ފަނިގިރުމަށް ބޭނުންކުރާ ކަރާ ކިލޯއެއް 20ރ. އާއި 25ރ. އަށް ލިބެން ހުރިއިރު، ކުރުނބައެއް ލިބެންހުރީ 30ރ. އާއި 40ރ. އާ ދެމެދުގެ އަގެއްގަ އެވެ. ކުރުނބާ ފުޅިއެއް ލިބެންހުރީ 120ރ. އާއި 140ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ބާޒާރުގައި އޮރެންޖެއްގެ އަގު 6ރ. އަށް ވެއްޓިއްޖެ ބާޒާރުގައި އޮރެންޖެއްގެ އަގު 6ރ. އަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ