ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ދައުލަތް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވަން: އަބްދުއްރަހްމާން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ބޭނުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ނޫން ކަމަށާއި، އެކަމުގެ ނިޔަތަކީ މުޅި ދައުލަތް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވައިގެން ވެރިކަމާއި ރައްޔިތުންގެ މަޖިލީސް އެއް ފަހަރާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނޫއަަސާސީއަށް ސަރުކާރުން ހުށަހެޅި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.އެކަން އެގޮތަށް ކުރުމުގެ ކުރިން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަންޖެހެ އެވެ. އެ ވޯޓް ނެގުމަށް ނިންމާފައި ވަނީ:އެޕްރީލް 4 ވަނަ ދުވަހު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ ާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓާ އެކުދެ އިންތިހާބު އެއްކޮށްލުމުން ނުކުންނާނެ ފައިދާއެއްގެ ގޮތުގައި ސަރުކާރުގެ މިނިސްޓަރުން އަދި ޕީއެންސީގެ ވެރިން މައިގަނޑު ގޮތެއްގައި ވިދާޅުވަނީ ދައުލަތަށް ހަރަދު ކުޑަވުމުގެ ވާހަކަ އެވެ.ނަމަވެސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ، ސަރުކާރުގެ އަސްލު ނިޔަތަކީ ދައުލަތުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދެ އިންތިހާބު އެއްކޮށްލައިގެން ޕާޓީގެ ހަރަދު ކުޑަކުރުމާއި، ސަރުކާރުގެ ނުފޫޒު މުޅި ދައުލަތުގެ ތެރެއިން ވޯޓަށް ފޯރުވުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ."ނިޔަތަކީ ދައުލަތަށް 80 މިލިއަން ސަލާމަތް ކުރުމެއް ނޫން. ނިޔަތަކީ ދެ އިންތިހާބު އެއްކޮށް ޕާޓީއަށް ހަރަދު ކުޑަކޮށް މުޅި ދައުލަތް، ވޯޓަށް ނުފޫޒު ފޯރުވަން އަރިކޮށް އޮއްސުން،" އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ލިޔެފައިވެ އެވެ.އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވާގޮތުގައި ރާއްޖޭގައި ބާއްވާ މި ދެއިންތިހާބަށްވެސް އެވްރެޖްކޮށް ކޮންމެ އިންތިހާބަކަށްވެސް 100 މިލިޔަނެއްހައި ރުފިޔާ ހަރަދުކުރަންޖެހެ އެވެ. އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބަށް އެކަނިވެސް 120 އަކަށް މިލިޔަން ރުފިޔާ ހަރަދުކުރެވިފައި ވެއެވެ.ދެ އިންތިހާބު އެއްކޮށްލުމަކީ މާލީގޮތުން ދުރުރާސްތާއަށް ބަލާއިރު ހުރިހާ ފަރާތަކަށްވެސް މީގެ ފައިދާކުރާނެ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކެ އެވެ.  މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، މަޖިލިސް އިންތިހާބު ރިޔާސީ އިންތިހާބާ އެކު ބާއްވަން ނަގާ ފެންނަ ނުފެންނަ ވޯޓު ހުއްޓުވަން އިދިކޮޅު އެމްޑީޕީން ސިވިލް ކޯޓަށް މިއަދު ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ