ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފި އެވެ.
މިރޭ މާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުއްވައިދެއްވީ ރާއްޖޭގެ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ. މިރޭގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްުދުالله އާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހްގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ ގިނަ ވަޒީރުންތައްވެސް ވަނީ ބައިވެރިވެފައި އެވެ.
މުސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ގާއިމްކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި މީގެކުރީން ޕީއެންސީގެ ކެމްޕެއިން ޖަގަހަ ހިންގި އިމާރާތުގައި އެވެ.
ޕީއެންސީން ދާދި ފަހުން ބޭއްވި އެޕާޓީގެ ޕްރައިމެރީއަށް މާލޭގެ މޭޔަރުގެ މަގާމަށް ޓިކެޓު ހޯދުމަށް ކުރިމަތިލެއްވީ މޫސާ އަލީ ޖަލީލް އެކަންޏެވެ. މިއާއިއެކު އިތުރު އިންތިހާބަކާއި ނުލައި މާލޭގެ މޭޔަރު ކަމުގެ ޓިކެޓު މޫސާ އަލީ ޖަލީލްއަށް ވަނީ ކަށަވަރުވެފައި އެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަންވެސް ކުރެއްވި މޫސާ އަލީ ޖަލީލް އަކީ 1988 ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ވަރަށް މަތިވެރި ޖިހާދެއް ކުރެއްވި ބޭފުޅެކެވެ.
މޫސާ އަލީ ޖަލީލްގެ ކެމްޕެއިން އޮފީސް ހުޅުވައި ކެމްޕެއިން މެކުހަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ