މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން ދަތުރުތަކަށް ފައިސާ ނަގަން ފަށައިފި އެވެ.އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ބޭނުންކޮށްގެން ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިކަމަށްޓަކައި ލިންކަށް ވަނުމަށް ފަހު ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދިއުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެ އެވެ.ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރެވޭނެ އެވެ.މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ