މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވަން އެދި، އެމްޑީޕީން ކޯޓަށް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނަގާ ޚިޔާލު ހޯދުމުގެ ވޯޓު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއެކު ބޭއްވުން ހުއްޓުވައި ދިނުން އެދި، މިއަދު ކޯޓަށް ހުށަހަޅާނެކަން އެމްޑީޕީން ހާމަކޮށްފިއެވެ. މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު، ކައުންސިލް އިންތިޚާބާ އެކު ބާއްވަވަން ނިންމަވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން އެކަން އިއުލާން ކުރެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. https://sun.mv/218006 މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލާން ނަގާ ވޯޓަށް 'ނޫނެކޭ' ބުނުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ އެއްވުމެއްގައި މައުރޫފް: މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ހުއްޓުވަން އެދި، ކޯޓަށް ދާން އެ ޕާޓީން ވަނީ ނިންމައިފައި ---- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް އެ ކަމުގައި މަސައްކަތް ކުރާނެ އެކްޝަން ގުރޫޕެއް ނުވަތަ ޓާކްސްފޯހެއް އެކުލަަވާލާފައިވާކަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުކަން ކުރައްވާ ސަލީމް ވިދާޅުވިއެވެ. އެ ގުރޫޕުގެ ސްޕޯކްސްޕާސަން އަދި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކައުންސިލް އިންތިޚާބާ އެކީގައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ނަގަން ސަރުކާރުން ނިންމީ ރާއްޖޭގައި ޚުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކަމަށެވެ. އަޅުގަނޑުމެނަކަށް އެއްބަސްވެވޭކަށް ނެތޭ އިންތިޚާބުތައް އެއްކޮށް، ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް، ދިވެހި ރައްޔިތުން މިހާ ހިސާބަށް ތަޖުރިބާ ކުރަމުން އައި ވޯޓުލުމުގެ ހައްގު ނިމުމަކަށް ގެނެސް، ވަކި މީހެއްގެ ބާރުގެ ދަށަށް މުޅި ގައުމާއި ސިޔާދަތު ދޫކޮށްލައިގެން ތިބެވޭކަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އިތުރަށް އޭނާ ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ''ބޮލާލައި ޖެހުމުގެ ފުރުސަތު'' ރައީސް މުއިއްޒަށް އެމްޑީޕީން ނުދޭނެ ކަމަށެވެ. އެހެންވެ، އެ ކަމާ ގުޅިގެން އެ ޕާޓީން ކަންތައްތަކެއް ބަލާފައިވާ ކަން މައުރޫފް ހާމަކުރެއްވިއެވެ. އެގޮތުން، ރައީސް ނެރުއްވި ގަރާރު ވެސް އޮތީ ގާނޫނުއަސާސީއަށް ގެނެވުނު ބަދަލާ ޚިލާފަށް ކަމަށާއި އެ ގަރާރު ގާނޫނާ ޚިލާފު ކަމަށް ކަނޑައަޅައިދިނުން އެދި މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި، މައި ދެ އިންތިޚާބު އެއްކޮށްލާ ވޯޓު ނެގުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރުމަށް ވެސް އެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، އިއާދަނުކުރޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. https://sun.mv/217950 އެމްޑީޕީން ވޯޓު ހުއްޓުވަން ކޯޓަށް ހުށަހަޅާއިރު، އިލެކްޝަންސް ކޮމިޝަން (އީސީ)ން އަންނަނީ އެ ވޯޓު ބާއްވަން ތައްޔާރުވަމުންނެވެ. ރައީސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ޚަރަދު ކުޑަ ކުރެއްވުމެވެ. ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވެސް ވަނީ އިސްލާހާ ދެކޮޅުކަން ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ