އެމްޕީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑުން ވިދާޅުވީ އެމްޕީއެލްގެ ބޯޑު މެންބަރުކަމުގެ މަޤާމަށާއި، ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ދަފްތަރު ނަންބަރ ރސ 2861، ޙުސެއިން ޝަފީޤް މިއަދުން ފެށިގެން އައްޔަނުކޮށްފައިވާކަމަށެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރު މަޤާމަށް، ޙުސެއިން ޝަފީޤް އައްޔަނުކޮށްފައިމިވަނީ އެމަގާމުގައި ކުރިން ހުންނެވި މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. އޭނާ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިމަހުގެ 6ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ