ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން، ޑިސެމްބަރު މަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު
ބަޔާނެއްގައި ބުނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 15 އިން 31 ގެ ނިޔަލަށް ކްރިމިނަލް
ކޯޓު ރިސެސްއަށް ދިއުމަށް، ކްރިމިނަލް ކޯޓުގެ ގާޟީންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ކޯޓުން ބުނީ އެ ނިންމުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ގާނޫނަށް ރިއާއަތްކޮށް ކަމަށެވެ.
ކްރިމިނަލް ކޯޓުން ބުނީ ކޯޓުގެ
އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ހައްލުވެފައިނުވާތީ،
މިވަގުތުވެސް ކޯޓުން މަސައްކަތްކުރަނީ ޝަރީޢަތްކުރާ މާލަންތައް އެކި ގާޒީންނަށް
އެކި ދުވަސްތަކަށް ބަހާލައިގެން ކަމުގައިވާތީ، ކޯޓުން އެންމެ ބޭނުންވާ މިންވަރަށް
އަޑުއެހުންތައް ތާވަލުކުރުމަށް ގޮންޖެހުންތަކެއް ހުރުމުން، މި މަހު އެއްކޮށް
ރިސެސްއަށް ނުދާނެ ކަމަށެވެ.
ނަމަވެސް، ހުޅުމާލޭގައި ހުންނަ ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންގެންދިޔަ އިމާރާތަށް ކޯޓުގެ
މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ، ޖާގައިގެ ދަތިކަމަށް ހައްލުލިބި މައްސަލަތައް
އަވަސްވާނެކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ނޮވެމްބަރުގެ ނިޔަލަށް ކޯޓުން
ކުރެވިފައިވާ މަސައްކަތްކަކަށް ބަލާއިރު:
ކޯޓު ރިސެސް މުއްދަތުގައި
ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:
ކްރިމިނަލް ކޯޓުން މި މަހު އެއްކޮށް ރިސެސްއަށް ނުދިއުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ