މަސްވެރި ސިނާއަތް ތަރައްގީކުރުމަށް މަޝްވަރާކޮށްފި ބީއެމްއެލްގެ ސީއީއޯ އިސްތިއުފާ ދޭންޖެހޭ: ޝިޔާމް މަސްވެރިންނަށް ފައިސާ ނުދެވޭ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭން އެމްޑީޕީން ގޮވާލައިފި މަސްވެރިންގެ މުޒާހަރާއަކީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރާ

ތެލުގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، މި ފެށޭ ހަފްތާގައިވެސް ކަމާ ގުޅުންހުރި ފަރާތްތަކާއެކު އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫ ސިޓީއަށް ވަޒީރު ކުރައްވަމުން ގެންދަވާ ދަތުރުގައި މަސްވެރިންގެ ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.
މި ބައްދަލުވުމުގައި ތިނަދޫގެ މަސްވެރިން އެދިފައިވަނީ މަސްވެރިންނަށް ދިމާވެފައިވާ ތެލުގެ މައްސަލައާއި ފައިސާ ނުލިބުމުގެ މައްސަލަ ޙައްލުކޮށް ދިނުމަށެވެ. މީގެ އިތުރުން މަސްވެރިންވަނީ މިފްކޯއިންނާއި އެފްއެސްއެމްއިން ކްރެޑިޓަށް ތެޔޮ ނުލިބޭކަން ފާހަގަކޮށްފައެވެ. އަދި މަސްބިލަށް ވަގުތުން ފައިސާ ނުލިބޭތީ މަސްވެރިންނަށް ފައިސާދީފައި ތެޔޮއެޅުމަކީ ވަރަށް ބޮޑު ތަކުލީފެއް ކަން ފާހަގަކޮށް މަސްވެރިން ވަނީ މިނިސްޓްރީން މަސައްކަތްކޮށްގެން މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ވީހާވެސް އަވަހަށް ހަމަޖައްސައިދިނުމަށް އެދިފައެވެ.
މީގެ އިތުރުން ތިނަދޫގައި ވަދު ކަނދުފައްޗެއް އަޅައިދިނުމާއި ފަރުމަސްވެރިކަން ތަރައްޤީ ކުރުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ މި ރަށުގެ މަސްވެރިން އެދުނު ގޮތަށް މިފްކޯއާ ވާހަކަދައްކައިގެން ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް ދެވެން އޮތް އެހީތެރިކަން ބައްލަވައި، ވުޒާރާއިން ވެދެވެން އޮތް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ވަޒީރު ޝިޔާމް ވިދާޅުވީ ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް 2025 ވަނަ އަހަރު ނިންމައި މަސްގަންނަން ފެށުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ކަމަށާއި، އެކަމަށްޓަކައި ވުޒާރާއިން މަސައްކަތް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ ކަމަށެވެ.
މި ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވަނީ ސަރުކާރުން ހުޅުވާލާ އާރްއެސްޑަބްލިއު ސިސްޓަމާއި ގުޅޭގޮތުންނާއި މަސްވެރިންގެ ދަފުތަރާ ގުޅޭގޮތުން މަސްވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ