މަސްތުވާތަކެއްޗާ، ގިނަ އަދަދެއްގެ ފައިސާތަކާއެކު 6 މީހަކު ހައްޔަރުކޮށްފި ދެ ރަށެއްގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރުކޮށްފި މަސްތުވާތަކެއްޗާއެކު އައްޑޫ މީހަކު ހައްޔަރުކޮށްފި އެޕާޓްމަންޓުތަކަކާއި ކާރުތަކެއް ބަލާ ފާސްކޮށް ކިލޯއަ

ގިނަ އަދަދެއްގެ ފައިސާ އަދި ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން 3 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފަ އިވަނީ ލ. ކަލައިދޫ / އެވާގްރީން، މުހައްމަދު އައިޝަރު ޔޫސުފް (22އ)، ކ. ކާށިދޫ / އަންދަލީބުގެ، މުހައްމަދު މައިހާން ފަޔާޒް (19އ) އަދި ދ. ކުޑަހުވަދޫ / ރަނަކުރި، އިބްރާހީމް މާޖިދު (31އ)އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ތިން ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެ ގޮތުން ތިން ގެ ބަލައިފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 86،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާއިރު ފުލުހުން ބުނީ ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1142.04 ގްރާމް ހުރިކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މުހައްމަދު އައިޝަރު ޔޫސުފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު މުހައްމަދު މައިހާން ފަޔާޒް އަދި އިބްރާހީމް މާޖިދު 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ