ޑރ. އަބްދުﷲ ވަހީދު އަވަހަރާވެއްޖެ

ސިއްހީ ދާއިރާއަށާއި ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ޑރ. އަބްދުﷲ ވަހީދު މިއަދު އަވަހާރަވެއްޖެއެވެ.
ޑރ. އަބްދުﷲ ވަހީދު އަވަހާރަވީ އައިޖީއެމްއެޗްގައި ނިއުމޯނިއާ އަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 65 އަހަރުގައެވެ.
އޮޕަރޭޝަން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަބްދުﷲ ވަހީދު ވަނީ ސިއްހީ ދާއިރާގެ އިސް މަގާމުތަކެއް ވެސް ފުރުއްވައިފައެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ނިމިދިޔަ ސަރުކާރުގައި ކުރެއްވުމުގެ އިތުރުން އައިޖީއެމްއެޗްގެ ޑިރެކްޓާ ޖެނެރަލް މެޑިކަލް ސާވިސަސްގެ މަގާމު ވެސް ފުރުއްވިއެވެ. މީގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރެއްވިއެވެ.
އޭގެ އިތުރުން އަބްދުﷲ ވަހީދަކީ ލިޔުންތެރިއެކެވެ. ބައެއް ނޫސްތަކަށާއި އަމިއްލަ ބްލޮގްގައި ސިއްހީ އަދި ތާރީހީ ގިނަ ލިޔުއްތަކެއް ވަނީ ލިޔުއްވާފައެވެ.
ޑރ. އަބްދުﷲ ވަހީދު އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ