ފެމިލީ ކޯޓުން ކައިވެންޏާއި ވަރީގެ އަޕްޑޭޓް ދީފި
މިދިޔަ ސެޕްޓެމްބަރު ފެމިލީ ކޯޓުގެ ކައިވެންޏާއި ވަރީގެ އަޕްޑޭޓް ދީފި އެވެ.ފެމިލީ ކޯޓުން ނެރުނު ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހު 153 ކައިވެންޏާއި 102 ވަރި ކުރިއިރު، ވަރިއާބެހޭ 134 މައްސަލައެއް ވެސް އެ ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ އާއިލީ އެހެނިހެން މައްސަލަތަކާއި ކުޑަކުދިންނާ ގުޅޭ މައްސަލަތަކެވެ. ކުޑަކުދިންނާ ގުޅޭގޮތުން އެންމެ ގިނައީ ދަރިފުޅުގެ ހަޟާނަތު ހޯދުމުގެ މައްސަލަ އާއި ދަރިންނާ ބައްދަލު ނުކުރެވޭތީ ހުށަހެޅޭ މައްސަލަތަކެވެ.ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ކޯޓަށް ވަރީގެ 134 މައްސަލަ ހުށަހެޅި އެވެ. ވަރީގެ 141 މައްސަލަ ނިންމާފައިވާއިރު ނުނިމި އޮތީ 121 މައްސަލައެވެ.ތަފާސްހިސާބުތައް ދައްކާ ގޮތުން ފެމިލީ ކޯޓުން ވަނީ 210 މައްސަލަ އެއް މިދިޔަ ސެޕްޓެމްބަރު މަހު ނިންމާފަ އެވެ. މީގެތެރޭގައި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކާއި ހަރަދުގެ މައްސަލަތަކުގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ މައްސަލަތަކާއި އާއިލީ އެހެނިހެން މައްސަލަތައް ހިމެނެ އެވެ.މީގެތެރޭގައި ވަލީ ހޯދުމުގެ މައްސަލަތަކާއި މަރު ސާބިތު ކުރުމުގެ މައްސަލަތަކާއި ހުކުމް ތަންފީޒުކުރުމުގެ މައްސަލަތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ