މެންޗެސްޓާ (އޭޕްރީލް 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން ފަހު ވަގުތު 2-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.
މިދިޔަ ހަތަރު ސީޒަނުގެ ޗެމްޕިއަން ސިޓީން ތިން ވަނަ އަށް އެރީ 34 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށް 33 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެެވެ. ވިލާ، ހަތް ވަނައިގައި އޮތީ 34 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ.
ސިޓީ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން 20 ވަނަ ސިކުންތުގައި ވިލާ އަށް ލީޑުނަގައިދޭން މާކަސް ރެޝްފޯޑް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ވިލާ އަށް މި ފުރުސަތުގެ ބޭނުންނުހިފިދިޔައިރު، ސިޓީން ވަނީ މެޗުގެ ހަތް ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ، ބެނާޑޯ ސިލްވާ އެވެ. މިއީ، އޭރިއާތެރެއަށް ސިޓީގެ އޮމަރު މާމޫޝް ހުރަސްކޮށްލި ބޯޅައެެއްގައި ސިލްވާ އަށް ލިބުމުން ޖެހި ގޯލެކެެވެ. ބޯޅަ ގޯލަށް ވަނީ ވިލާގެ ކީޕަރު އެމިލިއާނޯ މާޓީނޭޒް އަތުގައި ޖެހިފަ އެވެ.
ވިލާ އިން އެއްވަރުކުރީ، 18 ވަނަ މިނިޓްގައި ރެޝްފޯޑް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދިނީ ސިޓީގެ ރުބެން ޑިއާޒް އެ ޓީމުގެ އޭރިއާތެރެެއިން، ވިލާގެ ޖޭކަބް ރަމްސޭ އަށް ކުރި ފައުލަކަށެވެ. ޕެނަލްޓީ ދޭން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުކައިރީގައި ހުރި މޮނީޓަރުން ވެސް ބަލައިފަ އެވެ.
މެޗު އެއްވަރުވާން ދަނިކޮށް ސިޓީ މޮޅުވީ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި މަތެއުސް ނޫނޭސް ޖެހި ގޯލުންނެވެ. މި ލަނޑަކީ ޖެރެމީ ޑޮކޫ ނެގި ހުރަހަކަށް ރަނގަޅު ތަނަށް އަރައި ނޫނޭސް ޖެހި ގޯލެކެވެ.
ފަހު ވަގުތު ވިލާ ބަލިކޮށް ސިޓީ ތިން ވަނަ އަށް ފަހު ވަގުތު ވިލާ ބަލިކޮށް ސިޓީ ތިން ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ