ރާއްޖޭގެ ފުރަތަމަ މެޑިކޯ-ލީގަލް ކޮންފަރެންސް އިއްޔެ ފަށައިިފި

ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގެ އިސްނެގުމުގެ ދަށުން، ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބާއްވާ މެޑިކޯ-ލީގަލް ކޮންފަރެންސް އިއްޔެ ފަށައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާގެ ނިޔަލަށް އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މި ކޮންފަރެންސް ބާއްވަނީ މެޑްޓެކް ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ. މިއީ އެމްއެންޔޫން އިންތިޒާމުކޮށްގެން ބާއްވާ ފުރަތަމަ މެޑިކަލް ކޮންފަރެންސެވެ.
ތަފްސީލް - މި ކޮންފަރެންސްގައި މައިގަނޑު ތިން ބައެއް ހިމެނެ އެވެ. އެއީ:
ފުރަތަމަ ދެ ދުވަހު އިސްކަންދެނީ ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށާއި މި ދާއިރާގެ މާހިރުންގެ ވާހަކަތަކަށް
މާދަމާ ވޯކްޝޮޕެއް ބާއްވާނެ
މި ކޮންފަރެންސްގައި އަލިއަޅުވާލާ މުހިންމު މައުލޫތަކުގެ ތެރޭގައި:
މެޑިކަލް އެތިކްސް 
ބަލިމީހުންނަށް ލިބިދޭ ހައްގުތައް
ސިއްހީ ދާއިރާގެ ބޭފުޅުންގެ ގާނޫނީ ޒިންމާތައް
ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ގާނޫނީ އޮނިގަނޑުތަކުގެ މުހިންމުކަން
ޖުމްލަ އަށް ގައުމަކުން 51 އެބްސްޓްރެކްޓް މި ކޮންފަރެންސަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި:
އިންޑިއާ 
ނޭޕާލް 
ސައުދީ އަރަބިއްޔާ 
އިންޑޮނޭޝިއާ 
ރޫމޭނިޔާ 
އަލްޖީރިއާ 
އިނގިރޭސިވިލާތް (ސްކޮޓްލަންޑް)
އަށް ގައުމެއްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ކޮންފަރެންސްގައި ތިން ކީނޯޓް ސްޕީޗު ދެއްވުމަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން އެއް ކީނޯޓް ސްޕީޗު ދެއްވީ ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރައްވާ ޑޮކްޓަރެކެވެ.
ފާހަގަކޮށްލެވޭ - މި ކޮންފަރެންސްގެ ސަބަބުން ސިއްހީ ހިދުމަތުގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ތެރެއިން ގާނޫނީ ދާއިރާގެ ކަންކަމާ ގުޅުންހުރި މަސައްކަތް ކުރާ ތަޖުރިބާކާރުންނަށް އެއްތަނަކުން ބައްދަލުވެ، ދިރާސާތައް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްއެންޔޫން ބުންޏެވެ.
ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ، އެމްއެންޔޫން ބުނި ގޮތުގައި، ސިއްހީ ހިދުމަތް ދިނުމުގައި ދިމާވާ ގާނޫނާ ގުޅުން ހުރި ކަންތައްތަކާ މެދު މަޝްވަރާ ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ