ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ގޮތުގައި ކަނޑައެޅިފައިވަނީ 1993 ވަނަ އަހަރު ބޭއްވުނު އ.ދ ގެ އާންމު މަޖިލީހުގެ ޤަރާރަކުންނެވެ.
މި ދުވަހަކީ ޢާއިލާތަކާ ގުޅޭ މައްސަލަތަކަށް އާންމުންނާއި އަދި އިޖުތިމާޢީ ކަންކަމާއި ގުޅޭ ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި އިޖުތިމާޢީ، އިޤުތިޞާދީ އަދި އާބާދީއެއްގެ ސިފަތަކަށް އަންނަ ބަދަލުގެ މަރުހަލާތަކާއި ގުޅިގެން ޢާއިލާތަކަށް ކުރާ އަސަރުތަކުގެ މަޢުލޫމާތުވެސް އިތުރުކުރުމެވެ.
މިއަހަރު ޢާއިލާތަކުގެ ދުވަހުގެ ޝިއާރަކަށް އ.ދ އިން ކަނޑައަޅާފައިވާ ޝިޢާރަކީ، ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި އާއިލާތަކާއި ގުޅޭ ސިޔާސަތުތަކެވެ.
މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މުޖްތަމަޢެއް އުފެދިގެން މި އަންނަނީ ޢާއިލާތަކަކުން ކަމަށްވުމާއެކު، އެކަކު އަނެއްކަކަށް އަޅާލައި އޯގާތެރި މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލީ ގުޅުންތައް ހަރުދަނާވެގެންކަމަށް ވާތީއެވެ. އެހެންކަމުން މިފަދަ ދުވަހެއްގެ ބޭނުމަކީ ޢާއިލާތަކުގެ މުހިންމުކަމާއި ޢާއިލީ ގުޅުންތަކުގެ މުހިންމުކަމާއި ގުޅޭގޮތުންނާއި ޢާއިލީ ގުޅުންތައް ހަރުދަނާ ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މުޖްތަމަޢު ހޭލުންތެރިކުރުވުމެވެ. އަދި މުޅި މުޖުތަމަޢުގެ ކުރިއެރުން ބިނާވެގެންވަނީ ޢާއިލާތަކަށް ކުރިމަތިވާ މައްސަލަތައް ހައްލުކޮށްގެން ކަމެވެ. މިއަހަރުގެ ޝިއާރުންވެސް ދޭހަވަނީ މިފަދަ މާނައެކެވެ.
ހަބަރު: ސަރުކާރު
ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސް 2025
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ