މިނިވަން ކޮމިޝަނެއްގެ ގޮތުގައި އެކުލަވާލާފައިވާ ބްރޮޑްކާސްޓިން ކޮމިޝަން (ބްރޮޑްކޮމް) ގެ މެންބަރު އަދި މުހައްމަދު އަބްދުﷲ (މުހައްމާ) ވެރިކަން ކުރާ ޕީއެންސީ އަށް ރޭ ސޮއިކޮށްފި އެވެ.
ވީ ކިހިނެއް؟ - ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ސެނެޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރޭ ވަނީ ޕީއެންސީ އަށް ސޮއިކޮށް ސަރުކާރުގެ އަދި ރައީސް މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ކުރިއެރުވުމަށް އިގުރާރުވެފަ އެވެ.
ތަފްސީލް - ކުރީގެ ކޮމޭޑިއަން އަދި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުހައްމަދު އަބްދުﷲ ޕީއެންސީއަށް ސޮއި ކުރައްވައި ރައީސް މުއިއްޒުއާ ހަވާލުކުރި ލިޔުމުގައި އޭނާ އިގުރާރުވެފައި ވަނީ، "ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ އަސާސްތައް ދަމަހައްޓައި ނެގެހެއްޓުމުގައި އަޅުގަނޑުގެ ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނެއްގައި މަސައްކަތް" ކުރުމަށެވެ.
ބްރޮޑްކޮމްގެ މެންބަރަކު ޕީއެންސީ އަށް ސޮއިކުރެއްވި އިރު، އެ ކޮމިޝަނަކީ މިނިވަން މުވައްސަސާއެކެވެ. ނަމަވެސް ބްރޮޑްކޮމްގެ މެންބަރުން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން ގާނޫނު ހުރަހެއް ނާޅައެވެ.
މުހައްމަދު އަބްދުﷲ ބްރޮޑްކޮމް އަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ 22ގަ އެވެ.
ޕީޕީއެމް އުވާލުމާ ހަމައަށް މުހައްމަދު އަބްދުﷲ އަކީ އެ ޕާޓީގެ ސެނެޓަރެކެވެ.
ގުޅުން ހުރި - ރޭ ޕީއެންސީ އަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭ މުހައްމަދު އަބްދުﷲގެ އިތުރުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އާއި ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ބްރޮޑްކޮމްގެ މެންބަރު މުހައްމަދު އަބްދުﷲ ޕީއެންސީ އަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ