ކަސްޓަމްސްގެ އާއިލީ ހަވީރު އެއާޕޯޓްގައި ބާއްވައިފި

ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭ ހުޅުލޭ ކަސްޓަމްސްގައި ޢާއިލީ ހަވީރެއް ބާއްވައިފި އެވެ.
އިބްރާހިމް ނާޞިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އިއްޔެ ބޭއްވި ހަވީރުގައި ސްޓޯލްތަކާއި ތަފާތު އެކި އެކި ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވަނީ އެއާ ކާގޯ އާއި ޕެސެންޖަ ޕްރޮސެސިން ސެކްޝަނާއި ބޮންޑެޑް ވެއާހައުސް އަދި ޓީއެމްއޭ ހިމެނޭ ސަރަޙައްދުގައެވެ.
ކަސްޓަމްސްގެ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކުން އެކުވެރި، އުފާވެރި މާޙައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދޭން ބޭއްވި އާއިލީ ހަވީރަށް ގާތްގަނޑަކަށް 600 އެއްހާ މީހުން ޒިޔާރަތްކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ