އާތަރައިޓިސް އަކީ ވަރަށް ގިނަ ތަފާތު ބާވަތްތައް ހުންނަ ބައްޔެކެވެ. ބައެއް ބާވަތްތަކުގައި އުޅެންޖެހިފައިވާ މީހުންނަށް ފުލޫ ވެކްސިން ޖެހުމުން އަދި ރޯގާއަށްދޭ ބައެއް ބާވަތުގެ ބޭސް ކެއުމުން އުނދަގޫތައް އިތުރަށް ބޮޑުވެއެވެ. ވީމާ ވެކްސިން ޖަހާއިރުވެސް އަދި ޑޮކްޓަރަށް ދައްކައި ރޯގާއަށް ބޭސް ހޯދާއިރުވެސް ތިމާއަކީ އާތަރައިޓްސް ހުރި މީހެއްކަން ޑޮކްޓަރަށް ބަޔާންކޮށްދީ ޑޮކްޓަރުގެ ސަމާލުކަމަށް އެކަން ގެންނަންވާނެއެވެ.
ފުލޫއަށް ޖަހާ ވެކްސިންގެވެސް ވަރަށް ތަފާތު ވެކްސިން މިހާރު އެބަހުއްޓެވެ. ވީމާ އޭނާގެ ބައްޔަށް ބަލައި އެންމެ ރަނގަޅު ވެކްސިނެއް ކަނޑައަޅަން އެނގޭނީ ޑޮކްޓަރުންނަށެވެ.
ބައެއް ބާވަތުގެ އާތަރައިޓިސް ހުންނަ މީހަކު ނަމަ އަރިދަފުސް ރޯގާއަށް ސަމާލުކަންދޭންޖެހޭނެއެވެ. ހަށިގަނޑުގައި ރިހުން އިތުރަށް ގަދަވެދާނެތީއެވެ. ސްޓްރޯކްޖެހުމާއި ހާޓް އެޓޭކް ޖެހުމުގެ ފުރުޞަތުވެސް އޮންނާތީއެވެ. އަދި ބޮޑުވަރުވުމުން މަރާއިވެސް ކުރިމަތިލާންޖެހޭތީއެވެ.
ބައެއް މީހުންނަށް ކުރިމަތިވާ މައްސަލައަކީ އެއީ ޢާންމު ބައްޔެއްކަމަށް (އަބަދު ވޭނުގައި އުލެންޖެހޭނެ ބައްޔެއް ކަމަށް ވިސްނޭތީ ދެވޭ ސަމާލުކަން ކުޑަކުރެވެނީއެވެ. ރަނގަޅު ގޮތަކީ ސަމާލުކަން ދިނުން އިތުރުކުރުމެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު
އާތަރައީޓިސް ހުންނަ މީހުން ފްލޫއަށް ވެކްސިންޖަހާއިރުވެސް ބޭސްކާއިރުވެސް ޑޮކްޓަރުންގެ އިރުޝާދު ހޯދަންވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ