މައިމީހާއާ އަނބިމީހާއާ ދެމީހުންނަށްވެސް ސަމާލުކަންދީ އެއްވަރަކަށް އިސްކަންދޭންޖެހޭނެ! ތަފާތުކުރަން އޮތީ ލޯބިދިނުމެއް ނޫން! ދޭ ލޯބި!: މުފްތީ މެންކް

މައިމީހާ އާއި ވަކިން ދިރިއުޅެމުންވެސް މައިމީހާ ބަލިޙާލެއްގައި އުޅެންޖެހިއްޖެނަމަ ރޭގަނޑު ދަރިންބެލުމާއި ފިރިމީހާ ޙަވާލުވެފައި މަންމަގެ ކަންކަން ބަލައިދޭން އަނބިމީހާ މަންމަގެ ގާތަށް ފޮނުވާ ދަރިން ތިބެއެވެ. އެފަދަ ދަރިން އެގޮތަށް ކަންތައްތައް ކުރަނީ އަނބިމީހާ ދެކެ ލޯބިނުވާތީއެއް ނޫނެވެ. އެކުގައި ނިދަން ބޭނުންނުވާތީއެއްވެސް ނޫނެވެ. މަންމަ ބެލުމަކީވެސް އަދާކުރަންޖެހޭ ވާޖިބަކަށްވާތީއެވެ. އެފަދަ ދަރިން ﷲ ތަޢާލާގެ ޙަޟްރަތުން އެހޯދަނީ ހާދަ މަތިވެރި މަޤާމެކެވެ. ހަމައެކަނި ފިރިމީހާއެއްވެސް ނޫނެވެ. އެއަނބިމީހާވެސްމެއެވެ. އެފަދަ ދެމަފިރިއަކަށް މާތް ﷲ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
"އެންމެ ބޮޑަށް އިސްކަންދޭންވީ މަންމައަށް ހެއްޔެވެ؟ ނޫނީ އަނބިމީހާއަށް ހެއްޔެވެ؟" މިއީ ވަރަށް ގިނަ ބައަކުކުރާ ސުވާލެކެވެ. މިސުވާލުކުރަނީ މައިމީހާއަކީ ތިމާ ވިހައި ބުރަތައް އުފުލައި ގެންގުޅެ ބޮޑުކުރި އަދި އެމީހެއްގެ ފައިތިލަދަށުން ސުވަރުގެ ލިބުންވާ މީހަކު ކަމުގައި ޤަބޫލުކުރެވޭތީއެވެ. އެކަންކަމަށް އޮންނަ ކަންބޮޑުވުން ބޮޑުކަމުން އިސްކަންދޭންޖެހޭނީ މައިމީހާއަށްކަމުގައި ޤަބޫލުކުރެވޭތީއެވެ.
އަހަރެން ބުނާނީ އެވިސްނުން އެހައި ރަނގަޅުނޫން ކަމަށެވެ. މައިމީހާއަކީވެސް އަދި އަނބީހާއަކީވެސް އެންމެ ބޮޑަށް އިސްކަންދޭންޖެހޭނެ 2 މީހުން ކަމަށެވެ. ގިނަފަހަރަށް މިފަދަ ސުވާލުތައް އުފެދެނީ މައިން ކުރިމަތިކުރުވާ މައްސަލަތަކުން ކަމުގައިވެދާނެއެވެ. އެހެންވެ ލޮބުވެތި މައިންނަށް ބުނެލަން އޮތީ އިތުރަށް ވިސްނައިލާށެވެ.
ތިބާގެ ފިރިހެންދަރިފުޅު އަނބިމީހާއަށް ދޭ ލޯތްބާއި އޭނާގެ މައިމީހާއަށް ދޭ ލޯތްބަކީ މުޅިން ތަފާތު 2 ލޯތްބެކެވެ. އަނބިމީހާ އާއިއެކުގައި ދަރިފުޅު ގިނަވަގުތު ހޭދަކުރާނަމަ، އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަންދޭނަމަ އެކަމާއި އެންމެ ބޮޑަށް އުފާކުރަންޖެހޭނީ މައިމީހާއެވެ. އެއީ ތިމާގެ ދަރިފުޅު އުފަލުގައި ދިރިއުޅޭތީއެވެ.
ކައިވެނިކުރުމަށްފަހު ކުރިން މައިމިހާއަށް ދިންވަރަށް ވަގުތު ދިނުމަށް އުނދަގޫވާނެއެވެ. އެއީ މައިމީހާދެކެ ލޯބިނުވާތީ ނުވަތަ ލޯބިވާވަރު ކުޑަވާތީއެއް ނޫނެވެ. އިތުރު މީހަކަށް ބައިއަޅަންޖެހުމުންނެވެ.
ދެނަ އޮތީ މައްސަލައެއް ޖެހުމުން އަމަލުކުރަންޖެހޭ ގޮތެވެ. މައްސަލައެއް ކުރިމަތިވެއްޖެނަމަ ޙުކުމްކުރަންވާނީ އިންޞާފަށެވެ. މައިމީހާއަށްވީތީ ނުވަތަ އަނބިމީހާއަށްވީތީ އޭނާގެކޮޅަށް ބުރަވެގެން ނުވާނެއެވެ. އަދި ކުށްވެރިއަކީ މައިމީހާ ކަމުގައިވީނަމަވެސް މައިމީހާއަށް ބުރަވާނެ ބަހެއް ބުނެގެން ނުވާނެއެވެ. މައިމީހާދެކެ ރުޅި އައިސްގެން ނުވާނެއެވެ. މަންމަ އާއި މުޢާމަލާތުކުރަންޖެހޭނީ ވަރަށް ލޯބިންނެވެ. މަންމަގެ މަޤާމުގައި މަންމަ އަބަދުވެސް ބައިންދަންވާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ