އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ފުރުސަތު ހުޅުވައިލީ އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ހަތަރު މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ ކަމަށެވެ. އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 6، ގެ މެންދުރު 12:00 އެވެ.
އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމުތައް ބަލައިގަންނަން ނިންމާފައި ވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 12:00 އަށެވެ. އެ މަގާމަށް ކުރިމަތިލުމަށް ފުރިހަމަ ކުރަންޖެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި އެ އޮތޯރިޓީގެ ފަރާތުން ހިމެނެނީ ގަވަރުނަރު، އަހުމަދު މުނައްވަރު އާއި ޑެޕިއުޓީ ގަވަރުނަރު، އައިޝަތު އަސްނާ ހަމްދީ އަދި އެމްއެމްއޭގެ އެޑްވައިޒަރު، އިދްހާމް ހުސެއިން އެވެ.
އޭގެއިތުރުން ދެން އެ ބޯޑުގައި ހިމެނެނީ ޕަބްލިކް ސެކްޓާ ތަމްސީލު ކުރައްވާ ދެ މެންބަރުން ކަމުގައިވާ މަހްޒޫމް ސަލީމް އާއި ފާތިމަތު ޝަފީގާ އަދި އިކޮނޮމިކް މިނިސްޓްރީ ތަމްސީލު ކުރައްވާ މެންބަރު، މުހައްމަދު އަހުމަދު އާއި ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރައްވާ މެންބަރު، އަހުމަދު މާޒިން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ