ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް މިރޭ ބުރޫއަރާނެ ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް މިރޭ ބުރޫއަރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބައެއް ހިދުމަތްތަކަށް މިރޭ ބުރޫ އަރާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކުން ހާމަކޮށްފައިވާ ގޮތުގައި މިރޭ ދަންވަރު 02:00 އިން ފަތިހު 05:00 އާ ދެމެދު 30 މިނެޓަށް ބައެއް ކަސްޓަމަރުންނަށް ހިދުމަތްތައް ނުލިބޭނެ އެވެ.
އޭގެ ތެރޭގައި އިންޓަނެޓް ބޭންކިން، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓުވޭ، ކާޑު ހިދުމަތްތައް އަދި ޑޮލަރު ބުކިން ޕޯޓަލްގެ ހިދުމަތްތައް ހިމެނޭ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
މިފަހަކަށް އައިސް ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑޭ މިންވަރު އިތުރުވެ އާންމުންގެ ނުރުހުން އެ ބޭންކަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ