މުހައްމަދު އިސްމާއީލާއި ފަޒްލޫން އަދި ނިޝާނަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

މީގެ ތެރެއިން ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
މީގެ ތިން އަހަރު ކުރިން މާލޭގެ ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތް ހުއްޓުވުމަށް އެތަނަށް ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވި މައްސަލައިގައި ދައުވާކޮށްފައިވާ ގިނަ މީހުންގެ ދައުވާތައް އަނބުރާ ގެންގޮސްފި އެވެ.
ޖޫން 21، 2022 ގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި އެ ހަރަކާތާ ދެކޮޅަށް މުޒާހަރާ ކުރުމަށްފަހު ބަޔަކު ވަނީ ދަނޑު ތެރެއަށް ވަދެ ތަނަށް ވެސް ގެއްލުން ދީފަ އެވެ. އެ މައްސަލައިގައި ދައުވާ ކުރި 18 މީހުންގެ ތެރޭގައި ވިލިމާލެ ދާއިރާގެ މިހާރުގެ ޕީއެންސީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާން ހިމެނެ އެވެ.މީގެ ތެރެއިން ދެ އިލްމުވެރިންގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ އެވެ. މުހައްމަދު އިސްމާއިލްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ރޭގައި ބުނެފައި ވަނީ އެ މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުންގެ ތެރެއިން ދެން ކްރިމިނަލް ކޯޓުން ބަލަމުންދާނީ ހަތް މީހުންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތަކުގެ މައްސަލަ އެކަނި ކަމަށެވެ. އެ ހަތް މީހުންނަކީ؛
‎ޕީޖީ އޮފީހުން ބުނީ ދެން ތިބި މީހުންގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންގޮސްފައި ވަނީ ދައުވާތައް މުރާޖައާ ކުރުމަށްފަހުގައި ކަމަށެވެ. މުރާޖައާކުރުމުގައި، މި ކުށުގެ އަމަލު ހިނގައި ދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އެފެދުނު ޖަޒުބާތެއްގެ ތެރެއިން ކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި ގިނަ ދުވަސްވުމާއި އަދި، ދައުވާ ލިބޭ ފަރާތްތަކަކީ ކުށުގެ ވެށީގައި އުޅޭ މީހުން ކަމަށް ނުވުމާއި އަދި އެމީހުން މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ