މަޝްހޫރު ދީނީ އިލްމުވެރިޔާ އިބްރާހިމް ފަރީދު އަހުމަދުގެ ހަށިގަނޑު ރާއްޖެ ގެނައުމުގެ ބަދަލުގައި މެލޭޝިއާގައި އޭނާގެ ޖަނާޒާ ކުރިއަށް ގެންދަން އާއިލާއިން ނިންމައިފި އެވެ.
ވީ ކިިހިނެއް؟ - ފަރީދު އަވަހާރަވީ އިއްޔެ ހަވީރު މެލޭޝިއާގައި ދީނީ ނަސޭހަތް ދެއްވުމަށް ކުރެއްވި ދަތުރުގައި ކުއާލާލަމްޕޫރުގެ އެއާޕޯޓްގައި ހުންނަވަނިކޮށް ކުއްލިއަކަށް ހާލު ދެރަވެގެނެވެ.
ތަފްސީލް - އާއިލާއާ ހަވާލާދީ، ފަރީދާ އެކު މެލޭޝިއާއަށް ދިޔަ ޓީމުގެ މެންބަރަކު ބުނި ގޮތުގައި، މެލޭޝިއާގައި ޖަނާޒާ ބާއްވައި ހަށިގަނޑު ވަޅުލާ ގޮތަށް އާއިލާއިން ނިންމީ މެލޭޝިއާއިން ހަށިގަނޑު ބޭރުކުރާ ކަމަށް ވަންޏާ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އެވެ.
"މެލޭޝިއާގެ ގަވާއިދުތައް އޮންނަ ގޮތުން ޕޯސްޓްމޯޓަމް އޭރަށް ހަދަން ޖެހޭތީ އާއިލާއިން އެކަން ކުރަން ބޭނުން ނުވާތީ މިހާރު ޝެއިހުގެ ހަށިކޮޅު މެލޭޝިއާގައި ވަޅުލާ ގޮތަށް އާއިލާއިން ނިންމީ،" އެ މެންބަރު ބުންޏެވެ.
އެނގުން މުހިއްމު - ފަރީދަކީ ރާއްޖޭގައި ދީނީ އިލްމު ފެތުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އިލްމުވެރިއެކެވެ. ދާދި އިހަކަށް ދުވަހަކާ ޖެހެންދެން، އޭނާ ވަނީ ދީނީ އެކި ދަރުސްތައް ދެއްވުމަށް ރަށްރަށަށް ވަޑައިގެންފަ އެވެ.
ހުދުމުހުތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރާއްޖޭގައި ހިނގި އިސްލާހީ ހަރަކާތްތަކުގައި ވެސް ފަރީދު ވަރަށް އިސް ދައުރެއް އަދާކުރައްވާފައިވެ އެވެ.
ފަރީދުގެ ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ