ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންފި ރަސްމީ ދަތުރެއްގައި ރައީސް މުއިއްޒު މިއަދު މެލޭޝިޔާއަށް ފުރާވަޑައިގެންފި

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު ބިން އިބްރާހިމްގެ ދައުވަތަކަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް މެލޭޝިޔާއަށް ވަޑައިގަތީ މިއަދު ހެނދުނު 10:00 ޖެހިއިރު ފުރި މޯލްޑިވިއަންގެ މަތިންދާބޯޓެއްގަ އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ އިސް ވަފުދެއް ވެސް ފުރާވަޑައިގެންވި އެވެ.
ރައީސްގެ ދަތުރުގައި މެލޭޝިޔާގެ ބޮޑުވަޒީރާއެކު ރަސްމީ މަޝްވަރާތަކެއް ކުރިއަށްގެންދާނެ އެވެ. އަދި ދެ ގައުމުގެ މެދުގައި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާނެ އެވެ.
"މި ބައްދަލުވުމުގައި، އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް މަޝްވަރާ ކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާމެދު ހިޔާލު ބަދަލުކުރައްވައި، ދެ ގައުމުގެ ބައިވެރިވުން އިތުރު ކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވޭ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އޭގެ އިތުރުން، މެލޭޝިޔާގައި ބާއްވާ ވިޔަފާރީގެ ފޯރަމެއްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިޔާއަށް ވަޑައިގެން އެ ތަނުގައި ރައީސް ތަގުރީރެއް ދެއްވާނެ އެވެ.
ރައީސްގެ ދަތުރުގައި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހި އާއިލާތައް އަދި ދަރިވަރުންނާ ބައްދަލު ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.
"މި ބައްދަލުކުރެއްވުމުގައި މެލޭޝިއާގައި ދިރިއުޅޭ ދިވެހި އާބާދީގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކެއް ހޯއްދަވައިދެއްވުމަށާއި އެ ފަރާތްތަކަށް އެއްބާރުލުން ދެއްވޭނޭ ގޮތްތައް ހޯއްދެވުމާމެދު މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފަ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ބުދަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ