ބީއެމްއެލްގެ ދުވުން 1،000އަށް ވުރެ ގިނަ ކުދިންނާ އެކު ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ 'ބީއެމްއެލް ވައު ކިޑްޒް ރަން'ގެ މި އަހަރުގެ ދުވުން ކާމިޔާބުކަމާ އެކު އިއްޔެ ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - ހަތަރު އުމުރުފުރާއެއްގެ 1،000އަށް ވުރެ ގިނަ ކުދިން ބައިވެރިވި މި ދުވުން އޮތީ އިއްޔެ ހަވީރު ހުޅުމާލޭގަ އެވެ.
ތަފްސީލް - މި ދުވުމުގެ އުމުރުފުރާތަކަކީ:
2 އަހަރާއި 3 އަހަރާ ދެމެދު
4 އަހަރާއި 6 އަހަރާ ދެމެދު
7 އަހަރާއި 9 އަހަރާ ދެމެދު
10 އަހަރާއި 16 އަހަރާ ދެމެދު
ދުވުމުގައި ބައިވެރިވި ކޮންމެ ކުއްޖަކު ވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ. އެގޮތުން، އެ ބޭންކުގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް އަދި ބޭންކުގެ އޮފިޝަލުން ދުވުން ނިންމި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވި އެވެ.
ފާހަގަކޮށްލެވޭ - 'ބީއެމްއެލް ވާއު ކިޑްސް ރަން'އަކީ ކުޑަކުދިންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބޭ ދުވުމެކެވެ. މި ހަރަކާތުގެ މަގްސަދަކީ، ބީއެމްއެލް އިން ބުނި ގޮތުގައި، ޖިސްމާނީ ދުޅަހެޔޮކަމާއި ދުޅަހެޔޮ ދިރިއުޅުމުގެ މުހިންމުކަން ފާހަގަކޮށް، އާއިލާތަކަށް މިފަދަ އާދަތައް އަށަގެންނެވުމަށް ހިތްވަރުދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ