ކުލަބު މޯލްޑިވްސްގައި ވާދަކުރާ މަޖިލިސް ޓީމަށް ދަގަނޑޭ

ރާއްޖޭގެ އެންމެ ގިނަދުވަސްވީ ފުޓްސަލް މުބާރާތް ކަމަށްވާ ކުލަބު މޯލްޑިވްސް ކަޕުގައި ވާދަކުރާ ރައްޔިތުންގެ މަޖިލީހުގެ ޓީމު ކަމަށްވާ ޕީޕަލްސް މަޖިލިސް ރެކްރިއޭޝަން ކުލަބަށް އަލީ އަޝްފާގު (ދަގަނޑޭ) ކުޅެން ނިންމާ، ޖާޒީ ހަވާލުކޮށްފިއެވެ. ދަގަނޑޭ ވަޒީފާ އަދާކުރަމުން އަންނަނީ މަޖިލިސް ރައީސްގެ ގެކޮޅުގައެވެ. މީގެކުރިންވެސް ދަގަނޑޭ ވަނީ ކުލަބު މޯލްޑިވްސް ކަޕުގައި އެކި ޓީމުތަކަށް ކުޅެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ކިންގްސް ކަޕުގައި ވަނީ ވެމްކޯ ޓީމަށް ކުޅެފައެވެ. މަޖިލިސް ޓީމުގެ ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ޖާޒީ ކުޅުންތެރިންނަށް ހަވާލުކޮށްދެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޖާރޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ދަގަނޑޭ ވަނީ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ސޮއިކޮށްފައެވެ. އުމުރުން 39 އަހަރުގެ ދަގަނޑޭ އެންމެ ފަހުން ޕްރޮފެޝަނަލް ލެވަލްގައި ކުޅެފައިވަނީ 2023 ވަނަ އަހަރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ. އެހެންނަމަވެސް އެ ސީޒަންގައި ވެސް ދެ މެޗް ކުޅުމަށްފަހު އަނިޔާގެ ސަބަބުން ދަގަނޑޭ ނުފެނެއެވެ ދާދިފަހުން އޭނާ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. އަދި, މުޅިން ފިޓުނުވި ނަމަވެސް އޭނާ ދަނީ ފިޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ