އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަނީ
އަންނަ ހަފުތާގެ ހޯމަ ދުވަހު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަން މަސައްކަތް ކުރަން ފަށައިފި އެވެ.އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަނީ ވެރިކަން ކުރާ ޕީއެންސީ އިން ބޭނުންވެގެންނެވެ.މީޑިއާތަކާއި ނޫސްވެރިން ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެގިއުލޭޓްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ބަހުސް ތާވަލުކޮށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މިދިޔަ މަހު ވެސް ބޭއްވި އެވެ.މަޖިލީހުގެ ފުލް މެޖޯރިޓީ އޮތް, ޕީއެންސީގެ މެންބަރަކާއި އިދިކޮޅު އެމްޑީޕީގެ މެންބަރަކު ވެސް ވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހު, ދައުރުން ބޭރު ދެ ޖަލްސާ ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އަދި އެޖެންޑާ ނުލިބޭތީ އެ ދެ ޖަލްސާ ބާއްވަނީ ސީދާ ކޮން ކަމަކަށް ކަމެއް ވިދާޅުވާކަށް އެ މެންބަރުންނަކަށް އެނގިވަޑައެއް ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ