މޫސުން ގޯސްވެ މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އެ ސަރަހައްދަށް ސަމާލު ނެރެފައިވަނީ ހެނދުނު 9:25 އިން މެންދުރު 12:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމުގައެވެ.
މިއަދުގެ މުސުމަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި އުތުރުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ދެކުނުގެ ރަށަރަށަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއަށް ރީނދޫ ސަމާލު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ